English Edition
Dhivehi Edition

މިއަދު ކުރިއަށް ގެންދިޔަ އެމްޑީޕީގެ ޕްރައިމަރީގައި މިހާރުގެ މޭޔަރ އަބްދުﷲ ޞާދިގު (ސޯބެ) ބަލިކޮށް ކުރީގެ މަޖިލިސް މެމްބަރު އަލީ ނިޒާރު ކުރި ހޯއްދަވައިފިއެވެ.

ވާދަވެރި ކެމްޕެއިނެއްކުރި މި އިންތިޚާބުގައި މިހާރުގެ މޭޔަރ އަބްދުﷲ ޞާދިގާއި މެމްބަރު ނިޒާރުގެ އިތުރުން އެމްޑީޕީގެ އައްޑޫގޮފީގެ ރައީސް އަދުހަމް ވެސް ވަނީ އެ މަގާމަށް ވާދަކުރައްވަވާފައެވެ.

ޕާޓީގެ އެތެރޭގެ އިންތިޚާބުގައި ލިބިލެއްވި ކާމިޔާބާ އެކު، ލޯކަލް ކައުންސިލް އިންތިޚާބުގައި އައްޑޫސިޓީގެ މޭޔަރ ކަމުގެ މަގާމަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވަވާނެ ކެންޑިޑޭޓަކަށް ވާނީ ނިޒާރެވެ.

އިންތިޚާބުގައި ވާދަކުރައްވަން ނިކުންނަވަމުން ވެސް ނިޒާރު ވިދާޅުވެފައިވަނީ އިންތިޚާބުގައި ވާދަކުރައްވަނީ ގިނަ ބައެއްގެ އެދުމުގެ މަތިން ކަމަށާއި އައްޑޫގެ ރައްޔިތުން ބޭނުންވަނީ ބަދަލެއް ކަމަށެވެ. އަދި އައްޑޫއަށް ތަރައްގީ ގެނެވޭނީ އައްޑޫގެ ލީޑަރޝިޕް ބަދަލުވެގެން ކަމަށެވެ.

 

1 ކޮމެންޓް
ކޮކޮޑާއްކޯ
ފެބުރުއަރީ 1, 2020
މޫލެކެޑެ ޖޯލީގައި ތިބެ މީހުންނަށް އައުގުާނަ ގޮވާމީހުންގެ އަނގަ ދެން ޗޭވާނެ. ހއެުކޮށްވީ. އިންޝާﷲ