English Edition
Dhivehi Edition
އައްޑުހައި ސްކޫލްގެ ދަރިވަރުންތަކެއް

އައްޑޫހައިސްކޫލުގެ މިއަހަރުގެ އޯޕަންޑޭ މާދަމާ ހަވީރު އެ ސްކޫލްގައި ބާއްވާގޮތަށް ހަމަޖެހިފައިވާ ކަމަށް ސްކޫލުން ބުނެފިއެވެ.

2020 ވަނަ އަހަރު އަލަށް ގްރޭޑު 11 އަށް ވަންނަ ދަރިވަރުންނަށް، މާއްދާތައް އިޚްތިޔާރުކުރުމުގައި ބޭނުންވާ ފަންނީ ލަފައާއި އެހީ ފޯރުކޮށްދިނުމުގެ މަގްޞަދުގައި ކުރިއަށް ގެންދާ މި އޮޕަންޑޭގެ ހަރަކާތްތައް ކުރިއަށް ގެންދާނީ ފެބްރުއަރީ 1 ވަނަ ދުވަހުގެ ހަވީރު 16:00 އިން 18:00 އަށެވެ.

އޯޕަންޑޭގެ ހަރަކާތުގައި ވަގުތުން އެޕްލިކޭޝަން ފޯމު ފުރުމާއި ފޯމު ބަލައިގަތުމުގެ އިތުރުން ދަރިވަރުން ކުރިއަށް ދާން ބޭނުންވާ ދާއިރާއާ އެންމެ އެކަށީގެންވާ މާއްދާތައް ޚިޔާރުކުރުމަށް މަގުދައްކައިދިނުން ހިމެނެއެވެ. މީގެ އިތުރުން ސްކޫލާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމާއި ކްލާސްރޫމާއި ލެބޯޓްރީއާއި ލައިބްރަރީ ބަލައިލުމުގެ ފުރުސަތު ދަރިވަރުންނަށް ލިބިގެންދާނެއެވެ.

މާދަމާ ހަވީރު ކުރިއަށް ގެންދާ މިހަރަކާތުގައި ކުޑަކުދިންނަށް ޚާއްޞަ ކުޅިވަރުތަކާއި އަދި ކެންޓީން ގެ ޚިދުމަތާއި ލަކީ ޑްރޯ ހޮވުން ވެސް އޮންނާނެ ކަމަށް ސްކޫލުން ބުނެއެވެ. މީގެ އިތުރުން މެޑިސިޓީގެ ފަރާތުން ކުރިއަށް ގެންދާ ހެލްތް ސްކްރީނިންގ ވެސް އޮންނެ ކަމަށް އެފަރާތުން ބުނެއެވެ.

މި ހަރަކާތުގައި އަލަށް ގްރޭޑު 11އަށް ވަންނަ ދަރިވަރުންގެ އިތުރުން ސާނަވީގައި ކިޔަވާ ދަރިވަރުންނާއި ބެލެނިވެރިންނާއި އާންމުންނަށް ވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވިފައެވެ.