English Edition
Dhivehi Edition
އެތުލިޓު ޝައިމް އުމުރުން 19 އަހަރުން ދަށުގެ އަންހެން އެންމެ މޮޅު އެތުލީޓުގެ ޓްރޮފީ އާއި ހަވާލުވަނީ (ފޮޓޯ: އިންޓަރ ސްކޫލް އެތުލެޓިކްސް މުބާރާތް 2023 ފޭސްބުކް ޕޭޖް)

އިންޓަރ ސްކޫލް އެތުލެޓިކްސް މީޓް 2023 ގައި އުމުރުން 19 އަހަރުން ދަށުގެ އަންހެން ކުދިންގެ އުމުރުފުރާގައި ވާދަކޮށް 27 އަހަރުވީ ޤައުމީ އަންހެން ހައިޖަމްޕް ރިކޯޑު މުގުރާލި އައްޑޫ ހައި ސްކޫލްގެ އެތުލީޓު އައިޝަތު ޝައިމް އަޒީޒް އަށް އޭނާ ވާދަކުރި އުމުރުފުރާގެ އެންމެ މޮޅު އަންހެން އެތުލީޓުކަން ލިބިއްޖެއެވެ.

ފުވައްމުލައް ސިޓީގައި މި މަހުގެ 4 އިން 10 ގެ ނިޔަލަށް ކުރިއަށް ގެންދެވުނު މި މުބާރާތުގައި ޝައިމް ވަނީ 3 އިވެންޓެއްގައި ބައިވެރިވެ އޭނާ ބައިވެރިވި 3 އިވެންޓުންވެސް ރަން މެޑަލް ހޯދައިފައެވެ. އެއީ ޖެވެލިން ތުރޯ، ލޯންގް ޖަމްޕް އަދި ހައި ޖަމްޕެވެ. ހައި ޖަމްޕުގައި 1.50 މީޓަރު މަތިން ފުންމާ ހައި ޖަމްޕުގެ ޤައުމީ އާ ރިކޯޑެއް ޝައިމް ހަދައިފައިވާއިރު ލޯންގު ޖަމްޕުގައި އޭނާ ވަނީ މުބާރާތުގެ ރިކޯޑެއް ހަދައިފައެވެ.

ޝައިމް ވާދަކުރި އުމުރުފުރާގެ އިތުރުން 15 އަހަރުން ދަށުންނާއި، 17 އަހަރުން ދަށުން ވެސް ވަނީ އެންމެ މޮޅު އަންހެން އަދި ފިރިހެން އެތުލީޓުން ހޮވާފައެވެ.

15 އަހަރުން ދަށުގެ ފިރިހެން
(152) އަހުމަދު އައިޝަމް އިގްބާލް، ގެމަނަފުށި ސްކޫލް
15 އަހަރުން ދަށުގެ އަންހެން
(225) ލުޔޫނާ ހަސަން އަހުމަދް، ދާންދޫ ސްކޫލް
17 އަހަރުން ދަށުގެ ފިރިހެން
(159) ޒުއިޒް މުހައްމަދު ސުއާދް، ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލް
17 އަހަރުން ދަށުގެ އަންހެން
(876) އާސިޔަތު އަދްފާ ރަޝީދް، ޝަރަފުއްދީން ސްކޫލް
19 އަހަރުން ދަށުގެ ފިރިހެން
(343) އިބްރާހިމް ނާހިލް ނިޒާރު، ގދ. އަތޮޅު ތައުލީމީ މަރުކަޒު
19 އަހަރުން ދަށުގެ އަންހެން
(152) އައިޝަތު ޝައިމް އަޒީޒް، އައްޑޫ ހައި ސްކޫލް
މި މުބާރާތުގައި ޖުމްލަ 33 ސްކޫލަކުން 809 އެތުލީޓެއްވަނީ ވާދަކޮށްފައެވެ. 108 އިވެންޓަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި މުބާރާތުގައި 20 މީޓް ރިކޯޑް އަދި 1 ޤައުމީ ރިކޯޑް ވަނީ ހަދައިފައެވެ.