English Edition
Dhivehi Edition

މިއަދަކީ ރާއްޖޭގެ އެންމެ ބޮޑު އެއް ސިޔާސީ ހަރަކާތް ހިނގާނެ ދުވަސް ކަމުގައި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގެ އެމްޑީޕީޕްރައިމަރީ އަށް އިޝާރާތް ކުރައްވަވައި ނަޝީދު މިއަދު ކުރެއްވެވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ 909 ކެންޑިޑޭޓުން ބައިވެރިވެ 169 ވޯޓުފޮށި ބެހެއްޓި ، އެމްޑީޕީގެ އެތައް ހާސް މެމްބަރުން ނިކުމެ ވޯޓު ދެއްވާ ޑިމޮކްރަސީގެ ރިވެތި އުސޫލުތައް ދައްކުވައި ދެއްވުން އެދޭކަމަށެވެ.

ފޯރިގަދަ ކެމްޕެއިނަކަށް ފަހު މިއަދުގެ މެންދުރުފަހު 2:00 އިން ފެށިގެން ރޭގަނޑު 7:00 އަށް ވޯޓުލުން ކުރިއަށް ގެންދެވޭނެ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ. އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމިޓީގެ މުގައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދާއިރާގެ މެމްބަރު އިބްރާހީމް މުއިއްޒު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގައި 179 ރަށު ކައުންސިލް، ހަތަރު ސިޓީ ކައުންސިލް އަދި 18 އަތޮޅު ކައުންސިލަކަށް ވާދަކުރަން އެމްޑޕީން ހުޅުވާލި ނަމަވެސް ޕްރައިމަރީ ބާއްވަން ޖެހިފައި ވަނީ 93 ރަށެއްގައި ކަމަށެވެ.

ލޯކަލް ކައުންސިލްތަކުގެ ގާނޫނަށް ބަދަލު ގެނެސް، މޭޔަރުންނާއި ކައުންސިލްތަކުގެ ރައީސުން ވަކިން ހޮވާ ގޮތަށް ހަމަޖެއްސުމާއި ކައުންސިލްތަކުގެ ދައުރު ފަސް އަހަރަށް ބަދަލުކުރުން ފަދަ ސަބަބުތަކާ ހެދި މި އަހަރުގެ އިންތިހާބުގެ ވާދަވެރިކަން ވަނީ ބޮޑުވެފަ އެވެ. އެގޮތުން މާލެ އާއި އައްޑޫ އަދި ފުވައްމުލަކުގެ މޭޔަރުންގެ ގޮނޑި އަށް އެމްޑީޕީގެ ވަރުގަދަ އެތައް ބޭފުޅުންނެއް ވާދަކުރައްވަ އެވެ.