English Edition
Dhivehi Edition

ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީ އިން ވާދަކުރާ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ހުޅުދޫ މީދޫ ވޯޓުލާ މަރުކަޒުތައް އިއުލާންކޮށްފިއެވެ.

މާދަމާ މެންދުރުފަހު 2:00 ން ފެށިގެން ރޭގަނޑު 07:00 ކުރިއަށް ދާ ވޯޓުލުމުގައި މީދޫ ދާއިރާގެ ވޯޓުލުން ކުރިއަށްދާނީ މީދޫ ޝަމްސުއްދީން ސްކޫލްގައެވެ. ހުޅުދޫ ދާއިރާގެ ވޯޓުލުން ހުޅުދޫ ސްކޫލްގައި ކުރިއަށްދާއިރު މާލޭގައި ދިރިއުޅޭ އައްޑޫ ރައްޔިތުން ވޯޓުލުން ކުރިއަށް ދާނީ މަޖީދިއްޔާ ސްކޫލްގައެވެ. މަދަމާ އެމްޑީޕީއިން ބާއްވާ ޕްރައިމަރީގައި މީދޫގެ ގޮނޑިއަށް ވާދަކުރައްވާ ކެންޑިޑޭޓުންނަކީ ނާދިޔާ ހަސަން އާއި އައިޝަތު ޝޫޒާއެވެ. ހުޅުދޫ ގޮނޑިއަށް ތިން ކެންޑިޑޭޓުން ވާދަކުރާއިރު މިހާރުގެ ކައުންސިލަރ އިބްރާހީމް ޝުކުރީގެ އިތުރުން ދެން ވާދަކުރަނީ ހުސައިން ފައިޒުއް ރަހްމާން އާއި އިބްރާހީމް އިރުޝާދު އެވެ،

އެމްޑީޕީއިން މާދަމާ ބާއްވާ ޕްރައިމަރީގައި މީދޫ އިން 1022 މީހުންނަށް ވޯޓުލުމުގެ ހައްޤު ލިބިފައިވާއިރު ހުޅުދޫ އިން ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 1434 މީހުންނަށެވެ.

މާދަމާ ބާއްވާ އިންތިހާބުގައި އެމްޑީޕީގެ މެމްބަރުންގެ 70 ޕަސެންޓް ވޯޓްލާނެ ކަމަށް އެ ޕާޓީން ބުނެފައިވާއިރު ޕާޓީން ބުނީ ޕްރައިމަރީގައި އެންމެ ވާދަވެރިކަން ބޮޑީ ލޯކަލް ކައުންސިލްތަކުގައި އަންހެނުންނަށް ހާއްސަކޮށްފައިވާ ޖާގަތަކަށް ވާދަކުރާ ކެންޑިޑޭޓުންގެ މެދުގައި ކަމަށެވެ.