English Edition
Dhivehi Edition
26 މާޗު 2019ގައި ރައީސް ޞާލިޙް، އައްޑޫ ސިޓީގެ އަންހެނުން ތަރައްޤީކުރާ ކޮމިޓީއާއި ބައްދަލުކުރެއްވުން - ފޮޓޯ: ރައީސް އޮފީސް

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ޕްރައިމަރީ އަންނަ ފެބްރުއަރީ މަހުގެ 07 ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.

އެމްޑީޕީ އިން އިއްޔެ އާންމުކުރި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ޕްރައިމަރީގެ ޓައިމްލައިންގައިވާ ގޮތުން އެ ޕާޓީގެ ޕްރައިމަރީގައި ވޯޓުލުމުގެ ޙައްޤު ލިބިގެންވާ ފަރާތްތަކުގެ ލިސްޓް އާންމުކުރާނީ މިއަދު އެވެ.

އަދި ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހަމަވާއިރު، ޕްރައިމަރީގައި ވާދަކުރާނެ ކެންޑިޑޭޓުންގެ ލިސްޓް އާންމުކުރަނީ ފެބްރުއަރީ01 ވާ ހޮނިހިރު ދުވަހު އެވެ.

އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން އޮންނާނީ ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހު ކަމުގައިވާއިރު، އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޕްރައިމަރީވެސް ބާއްވަން ނިންމާފައި ވަނީ ފެބްރުއަރީ 07 ވާ ހުކުރު ދުވަހު އެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ 33%ވަނީ އަންހެނުންނަށް ޚާއްސަކޮށްފައެވެ. ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ބާއްވަން ހަމަޖެހިފައި ވަނީ އަންނަ އޭޕްރީލް މަހުގެ 04 ވަނަ ދުވަހު އެވެ.