English Edition
Dhivehi Edition
ދިޔަވަމުންދިޔަ ލޯންޗަށް އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދެނީ - ފޮޓޯ: ޓްވިޓާ (އެމްއެންޑީއެފް)

މާލޭ އުތުރު ފަރާތު ފަޅު ތެރޭގައި އޮތް ލޯންޗެއް ދިޔަވެ އަޑިއަށްދާތީ އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

އެމްއެންޑީއެފް އިން ބުނީ “ހޯކްސް އޯކިޑް” ނަމަކަށް ކިޔާ އެ ލޯންޗް ދިޔަވަކަމުގެ މަޢުލޫމާތު ލިބިފައި ވަނީ ރޭ ދަންވަރު 02:25 ހާއިރު ކަމަށެވެ. އަދި އެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން ޙަރަކާތްތެރިވެފައިވާ ކަމަށެވެ..މައުލޫމާތު ލިބިފައިވާ ގޮތުގައި ލޯންޗު ދިޔަވާން ފެށިއިރު އޭގައި ތިބި މީހުން ތިބީ ނިދާފައެވެ.

އެގޮތުން އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ޑައިވަރުން ވަނީ ޕަމްޕް ބޭނުންކޮށްގެން ފަތިހު 04:15 ހާއިރު ދިޔަވުން ކޮންޓްރޯލް ކޮށްދީފައި ކަމަށްވެސް އެމްއެންޑީއެފް އިން ބުނެއެވެ

އަދި އެ ލޯންޗް މިހާރު ދަނީ ތިލަފުއްޓަށް ދަތުރުކުރަމުން ކަމަށްވެސް އެމްއެންޑީއެފް އިން ބުނެއެވެ.

އެމްއެންޑީއެފް އިން ބުނީ އެ ހާދިސާ ހިނގިއިރު އެ ލޯންޗްގައި ތިބީ ތިން ދިވެހިން ކަމަށާއި، އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ.