English Edition
Dhivehi Edition

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއިން ޕްރައިމަރީއަކާ ނުލާ ޕާޓީގެ ޓިކެޓްގައި ވާދަކުރާ 389 ކެންޑިޑޭޓުންނަށް ކަށަވަރުވެފައިވާ ކަމަށް އެމްޑީޕީއިން ބުނެފި އެވެ.

އިންތިހާބުގެ ކަންކަމާ ގުޅޭ ގޮތުން އެމްޑީޕީ އިންތިހާބާ ބެހޭ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޓީގެ ނައިބު މުގައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާ މެމްބަރު އިބްރާޙިމް މުއިއްޒު ވިދާޅުވީ ރަށު ކައުންސިލަށް 1099 ކެންޑިޑޭޓުން ކުރިމަތިލި އިރު، 381 ކެންޑީޑޭޓުންނަށް ޓިކެޓް ކަަށަވަރުވެފައިވާ ކަމަށެވެ.އެހެންކަމުން ޓިކެޓް ކަށަވަރުވެފައިވާ ކެންޑިޑޭޓުންގެ މައުލޫމާތު އެމްޑީޕީގެ ވެބްސައިޓްގައި އާންމު ކުރާނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

18 އަތޮޅެއްގެ ކައުންސިލަށް 72 ކެންޑިޑޭޓުން ކުރިމަތިލިއިރު 02 ކެންޑޭޓަކަށް ޓިކެޓް ވަނީ ކަށަވަރުވެފައެވެ. މި ގޮތުން އަތޮޅު ކައުންސިލްތަކުގެ ތެރެއިން ހއ. އަތޮޅު ކައުންސިލްގެ ރައީސްގެ ޓިކެޓާއި ފ. އަތޮޅު ކައުންސިލްގެ ރައީސްގެ ޓިކެޓް ވަނީ ޕްރައިމަރީ އާއި ނުލާ ކަށަވަރުވެފައެވެ. މީގެ އިތުރުން މާލެ ސިޓީގެެ ހެންވޭރު އުތުރު ދާއިރާ، ގަލޮޅު ހުޅަނގު ދާއިރާ، މާންފަންނު ހުޅަނގު އުތުރު ދާއިރާއާއި، މާފަންނު ހުޅުނގު ދާއިރާ އަދި މާފަންނު މެދު ދާއިރާގެ ޓިކެޓް ކަށަވަރުވެފައިވާއިރު އާއި ފުވައްމުލަކު ސިޓީ ގެ ހުޅަނގު ދާއިރާގެ ޕްއިމަރީއަކާ ނުލާ ޓިކެޓްވަނީ ކަށަވަރުވެފައެވެ.

އަންނަ އެޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއިން ނެރޭނެ ކެންޑިޑޭޓުން ކަނޑައެޅުމަށް އަންނަ ހޮނިހިރު ދުވަހު ބާއްވާ ޕްރައިމަރީގައި ޖުމްލަ 1279 ކެންޑިޑޭޓުން ވާދަކުރާނެއެވެ.