English Edition
Dhivehi Edition
ވީއައިއޭގައި ކޮރޯނާވައިރަސް އަށް ފަސިންޖަރުން ސްކްރީންކުރުމަށް ބެހެއްޓިފައިވާ ތާމަލް ކެމެރާ - ފޮޓޯ: ޓްވިޓާ (އެޗްޕީއޭ)

ޗައިނާގެ ވޫހާން ސިޓީގައި މިދިޔަ ޑިސެމްބަރު މަހުން ފެށިގެންހަލުވިކަމާ އެކު ފެތުރެން ފެށި ކޮރޯނާވައިރަސްއާ ގުޅިގެން ޖަޕާނު,އިންޑިއާ އަދި މެލޭޝިއާގައި ތިބި ހުރިހާ ދިވެހިން ވެސް އެމްބަސީގައި ރަޖިސްޓްރީވުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ ޖަޕާނުގައި މިހާރު ތިބި ހުރިހާ ދިވެހިން ވެސް އެ ގައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ރަޖިސްޓްރީވުމަށާއި ވައިރަސް ޖެހުނަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަން އެދޭ ކަމަށެވެ.އަދި މެލޭޝިއާ އެމްބަސީ އިން ކުރި ޓުވިޓެއްގައި ވަނީ އެ ގައުމުތަކުގައި ދިރިއުޅޭ ދިވެހިން އެ ގައުމުގައި ހުރި ރާއްޖޭގެ އެމްބަސީގައި ރަޖިސްޓްރީ ވުމަށް އެދިފައެވެ.އަދޮ މެލޭޝިއާ އެމްބަސީގެ ހޮޓްލައިން 60126557895+ އަށް ގުޅުމުން އެތަނުގެ ކޮންސިއުލާ ހިދުމަތްތައް ލިބޭނެ ކަމަށް އެމްބަސީން ވަނީ ބުނެފައެވެ. އިންޑިއާގެ އެމްބަސީންވަނީ އެ މީހެއްގެ ނަމާއި އެ މީހަކު ދިރިއުޅޭ ސިޓީ އަދި އިމަޖެންސީ ހާލަތެއްގައި ގުޅޭނެ އާއިލާ މީހެއްގެ ނަންބަރު ވެސް އިންޑިއާ އެމްބަސީއާ ހިއްސާކުރުމަށް އެދިފައެވެ.

ޗައިނާގެ ވުހާންގައި ފެތުރެން ފެށި މި ވައިރަސްއާ ގުޅިގެން މިހާތަނަށް 40 މީހުން މަރުވެފައިވާއިރު މި ބައްޔަށް އެކި ގައުމުތަކުން 1،700 އަށް ވުރެ ގިނަ މީހުން ވަނީ ޕޮޒިޓިވް ވެފަ އެވެ.