English Edition
Dhivehi Edition
Passengers arriving from the Chinese city of Wuhan arrive at Narita Airport in Chiba, Japan in this photo taken by Kyodo January 23, 2020. Mandatory credit Kyodo/via REUTERS ATTENTION EDITORS - THIS IMAGE WAS PROVIDED BY A THIRD PARTY. MANDATORY CREDIT. JAPAN OUT. NO COMMERCIAL OR EDITORIAL SALES IN JAPAN - RC2MLE9VTP6W

ކޮރޯނާ ވައިރަސް ފެތުރެމުން އަންނަ ޗައިނާގައި ތިބި ދިވެހި ކިޔަވާ ކުދިންގެ ހާލު ބަލަމުން އަންނަ ކަމަށް މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުން ބުނެފިއެވެ.

މިއަދު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނެފައި ވަނީ ކަމާ ބެހޭ އިދާރާތަކަށް ގުޅައިގެން ޗައިނާގައި ތިބި ދިވެހި ދަރިވަރުންގެ ހާލު ބަލަމުން އަންނަ ކަމަށެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެޤައުމުގައި ތިބި އެހީތެރިކަން ބޭނުންވާ ދަރިވަރުން ޗައިނާ ކޮންސިއުލާ ނަމްބަރު 7983400 އަށް ގުޅުމަށް އެދިފައެވެ.

ޗައިނާގައި އެންމެ ހަލުވިކަމާއި އެކީ ކޮރޯނާ ވައިރަސް ފެތުރެމުންދާ ވުހާންގައި ދިވެހި 6 ކިޔަވާ ކުދިން ތިބިކަމަށް މައުލޫމާތު ލިބެއެވެ. ވުހާންގައި މިހާރު ތަކެތީގެ އަގު އުފުލުމާއި ގުޅިގެން ދިވެހި ސަރުކާރުން ވަނީ މި ކުދީންނަށް ފައިސާގެ އެހީތެރިކަންވެސް ފޯރުކޮށްދޭން ނިންމާފައެވެ.

ކޮރޯނާ ވައިރަސް ޖެގިހެން ދުނިޔޭގެ 11 ޤައުމަކުން ވަނީ ރިޕޯޓު ކޮށްފައެވެ. މި ވައިރަސް އަށް ސްކްރީން ކުރެވޭނެ އިންތިޒާމް ވަނީ ރާއްޖޭގެ މައި ވައިގެ ބަނދަރު ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓުގައި ހަދައިފައެވެ.