ޗައިނާގެ ވުހާންގައި ކޮންޓްރޯލެއް ނެތި ފެތުރެމުން ދާ ކޮރޯނާވައިރަސް ޖެހިފައި ހުރި މީހަކު ނޭޕާލް އިން ފެނިއްޖެއެވެ.
ނޭޕާލް އިން ކޮރޯނާވައިރަސް ފެނިފައި ވަނީ ވޫހާންގައި ހުރެފައި މި މަހުގެ 09 ވަނަ ދުވަހު ނޭޕަލަށް ދިޔަ އެގައުމުގެ ދަރިވަރެއްގެ ގައިން ކަމަށް ނޭޕާލްގެ އޮފިޝަލުން ވަނީ ބުނެފައެވެ. އޮފިޝަލް އިތުރަށް ބުނީ 32 އަހަރުގެ އެ ޒުވާނާ، ކަތަމަންޑޫގައި ހުންނަ ޓްރޮޕިކަލް އެންޑް އިންފެކްޝަން ޑިޒީސް ހޮސްޕިޓަލަށް ދެއްކީ ހަތަރު ދުވަސް ވަންދެން ހުން އައިސް އަދި ނޭވަލާން ވެސް އުނދަގޫ ވާތީ ކަމަށެވެ.އަދި ހޮންކޮންގް އަށް ފޮނުވައިގެން ހެދި ޓެސްޓްތަކުން އޭނާ ކޮރޯނާ ވައިރަސް އަށް ޕޮޒިޓްވެފައިވާއިރު މިހާރު އޭނާ އާއި އޭނާގެ އާއިލާގެ ކަންތައްތައް ވަރަށް ގާތުން ބަލަމުން އަންނަކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ.
މިއީ ދެކުނު އޭޝިއާގެ ގައުމަކުން ކޮރޯނާވައިރަސް ހުރި މީހަކު ފެނުނު ފުރަތަމަ ފަހަރަށް ވާއިރު، ޗައިނާއިން ކޮރޯނާވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ ފަންސަވީހަށް އަރާފައެވެ. ހަމައެކަނި ޗައިނާއިން އެކަނިވެސް މި ބަލި ޖެހިފައިވާ 830 މީހުން ތިބިއިރު ޑަބްލިއުއެޗްއޯ އިން ވަނީ އަދި ދުނިޔޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ޖެހޭ ދަރަޖައަށް ކަންތައްތައް ނުދާ ކަމަށް ބުނެފައެވެ.