English Edition
Dhivehi Edition
ނޭޕާލުގެ ބޮޑުވަޒީރު ކޭ.ޕީ. ޝަރްމާ އޮލީ/ފޮޓޯ ރައީސްއޮފީސް

ނޭޕާލުގެ ބޮޑުވަޒީރުގެ މަޤާމާ ކޭ.ޕީ. ޝަރްމާ އޮލީ ހަވާލުވެވަޑައިގެންނެވުމާ ގުޅިގެން އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.

ނޭޕާލުގެ ބޮޑުވަޒީރަށް ތަހުނިޔާ ވިދާޅުވެ މީސްމީޑިއާގައި ރައީސުލްޖުމްހޫރިއްޔާ ހިއްސާ ކުރެއްވި ޕޯސްޓުގައި ނޭޕާލާ ދިވެހިރާއްޖޭގެ ރައްޔިތުންގެ މެދުގައި އޮންނަ ގާތްގުޅުން ފާހަގަކުރައްވައި ނޭޕާލުގެ ބޮޑުވަޒީރުގެ ޒަޢާމަތުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް އެދިވަޑައިގަންނަވާކަމުގައި ވިދާޅުވެފައިވެއެވެ.

ދިވެހިރާއްޖެއާ ނޭޕާލާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވަނީ 1 އޯގަސްޓް 1980 ގައެވެ.