ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގެ ސީއީއޯ މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކޮށްފިއެވެ.
ޖެންޑާ މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިބްރާހީމް މުހައްމަދު ވިދާޅުވީ، އެޗްއާރުސީއެމްއިން ބަލަމުންދާ މައްސަލައަކާ ގުޅިގެން އެ ކޮމިޝަންގެ އެންގުމަށް ހިޔާގެ ސީއީއޯ އޭނާގެ މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް އޭނާ މިނިސްޓްރީގެ މަސައްކަތްތަކަށް ނިކުންނަވާނެ ކަމަށް އިބްރާހިމް މުހައްމަދު ވިދާޅުވި އެވެ.
ހިޔާގެ ސީއީއޯ ސަސްޕެންޑްކުރި މައްސަލައިގެ އިތުރު ތަފްސީލެއް މިނިސްޓްރީން ދެއްވާފައިނުވާއިރު ދާދި ފަހުން ވަނީ ކުޑަކުދިންގެ ހިޔާގައި އުޅެމުންދާ ކުއްޖަކަށް އެތަނުގައި ކުރިމަތިވާ ފުރައްސާރައިގެ ވާހަކަތައް ކިޔާދޭ ވީޑިއޯ އެއްވެސް ލީކުވެފައެވެ.