English Edition
Dhivehi Edition

އެމީހަކަށް ވުރެ ބޮޑުތަނުން ހަނގު ނޫނީ ދޮށީ މީހަކާ ލޯބީގެ ގޮތުން ގުޅުމާއި އަދި ތަފާތު އެއްޗިހި ދެކެ ލޯބި ވުމަކީ ގަބޫލު ކުރަން އުނދަގޫ ނަމަވެސް މިހާރަކަށް އައިސް ވަރަށް އާންމު ކަމެކެވެ.

ޖަޕާނުގެ އުމުރުން 25 އަހަރުގެ ޔުމާ ސިނޮހަރާ ކިޔާ ފިރިހެނަކު ބުނާގޮތުން އޭނައަށް ލޯބި ވެވުނީ ކުރައްޕެތް ދެކެވެ. އޭނައަށް ކުރަފި ދެކެ ލޯބި ވެވުނުގޮތް ކިޔާދެމުން ބުނެފައިވަނީ، މި ދުނިޔެއިން އޭނައަށް ފެނުނު އެންމެ ރީތި އެއްޗަކީ އެ ކުރަފިކަމަށެވެ. އަދި މިފެންނަ އަންހެން ކުދިންނަށް ވުރެ އޭނައަށް އެކުރަފި ރީތިކަމަށް ބުނެފައިވެއެވެ.

ޔުމާ ވަނީ އޭނަ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކުރަފި އަށް “ލީސާ” ގެ ނަމުން ނަންވެސް ދީފައެވެ.

“އޭޝިއަން ބޮސް” އަށް ދިން އިންޓަވިއު އެއްގައި ޔުމާ ބުނީ، ލީސާ އަކީ އޭނަގެ ފުރަތަމަ ލޯބި ކަމަށެވެ. ކުރައްޕެތް ދެކެ ލޯބިވެދާނެ ކަމަށް ހީވެސް ނުކުރި ނަމަވެސް އޭނަ ބުނީ އޭނަ ލީސާ ދެކެ ވީ 100% ހަގީގީ ލޯބި ކަމަށެވެ. “އަހަރެން ލީސާ ގޮވައިގެން އުޅެނިކޮށް މާގިނަ ދުވަހެއް ނުވެ ލީސާ މަރުވި. މި އީހަޔާތުގައި ވަރަށް ދެރަވި ދުވަހެއް. މިދިރި އުޅުން މާގިނަ ދުވަހަކަށް ދެމިގެނެއް ނުދިޔަ. އަހަރެން ބޭނުން ވީ ލީސާ މަރުވީމަ ކާލަން. ކެއުމުން ހަމަ ގައިމުވެސް ލީސާ ވާނީ އަހަރެންގެ ހަށިގަނޑު ތެރޭގައި އަބަދަށް” ޔުމާ ބުންޏެވެ.

ޖަޕާނުގެ މި ޒުވާނާ އަށް ކުރައްޕެތް ދެކެ ލޯބި ވެވުނު ކަމުގައި ވިޔަސް މި ލޯބި މާގިނަ ދުވަހަކަށް ދެމި އޮންނާނެ ގޮތެއް ނުވިއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުން އިންސާނުން ނޫން އެހެން އެއްޗިހި ދެކެ ލޯބި ވެވިގެން ކައިވެނި ވެސް ކުރެއެވެ.

ދާދި ފަހުން ޖަޕާނު އަންހެނަކު ވަނީ ގަހެއް ދެކެ ލޯބިވާ ކަމަށް ބުނެ އެގަހާ ކައިވެނި ކޮށްފައެވެ.