ITB Fair gai Dhivehi fannuverikan dhakkuvaidheyne faraaiythah hoadhanee - AO News
English Edition
Dhivehi Edition

Worldwide

  • 19,395,730confirmed
  • 12,453,855recovered
  • 6,221,633active
  • 720,242deaths

Maldives

  • 4,769confirmed
  • 2,754recovered
  • 1,996active
  • 19deaths

ކޮވިޑް 19 ކަވަރޭޖް

7 މަސް ކުރިން

ޖަރުމަނުވިލާތުގައި ބާއްވާ އައިޓީބީ ފެއަރގައި ރާއްޖޭގެ ސްޓޭންޑްގައި ދިވެހި ފަންނުވެރިކަން ދައްކުވައިދޭނެ ފަރާތްތަކެއް ހޯދަން ޢިއުލާންކޮށްފި އެވެ.

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެކަމަށް މިދިޔަ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު ކުރި އިޢުލާނާއި ގުޅިގެން  އެކަށީގެންވާ އަދަދަށް ޕްރޮޕޯސަލް ލިބިފައިނުވާތީ، އެއިޢުލާން ބާޠިލްކޮށް އަލުން އެފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެމްއެމްޕީއާރުސީ އިން ބުނީ އެ މަސައްކަތް ކޮށްދެއްވުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ޖަނަވަރީ 16 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް، ހ. ޒޮނޭރިޔާގެ ދެވަނަ ފަންގިފިލާގައި ހުންނަ އެ ކޯޕަރޭޝަންގެ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު، ޖަނަވަރީ 20 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހަޅަންޖެހޭނެ ކަމަށެވެ.

އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ކަމަށްވެސް އެމްއެމްޕީއާރުސީ އިން ބުނެއެވެ.

މިއަހަރުގެ އައިޓީބީ ފެއަރ އޮންނާނީ އަންނަ މާޗު މަހުގެ 04 އިން 08 އަށް ޖަރުމަނުވިލާތުގެ ވެރިރަށް ބަރލިންގަ އެވެ.