English Edition
Dhivehi Edition

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ކުރީގެ ރައީސް ހަސަން ލުތުފީގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ.

2019 ވަނަ އަހަރުން ފެށިގެން މެލޭޝިއާގައި ދިރިއުޅުވަމުން ގެންދާ ހަސަން ލުތުފީ މިދިޔަ ހަފްތާ ތެރޭ ރާއްޖެއަށް އައުމުން އޭނާގެ ޕާސްޕޯޓް ހިފަހެއްޓިއިރު މައުލޫމާތު ލިބިފައިވާ ގޮތުން ހަސަން ލުތުފީގެ ޕާސްޕޯޓް ހިފެހެއްޓީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިނގި ފަޅުތަކާއި ރަށްތަކަށް ކުއްޔަށް ދިނުމުގެ މައްސަލަ އާއި ގުޅިގެންނެވެ.

ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު މިހަފްތާގައި އައްޑޫ ސިޓީއަށް ވަޑައިގެންނެވިއިރު އެއާޕޯޓުން ހަސަން ލުތުފީ ވަނީ ޑރ.މުއިއްޒުއަށް މަރުހަބާ ދެންނެވުމުގައި ބައިވެރިވެފައެވެ. އަދި އޭނާ ފެންނަ ފޮޓޯ އެއް ސޯޝަލް މީޑިއާގައި ހިއްސާކޮށް އޭނާ ހައްޔަރުކޮށް މައްސަލަ ތަހުގީގުކުރުމަށް ގިނަ ބަޔަކު ވަނީ ގޮވާލާފައެވެ.

ހަސަން ލުތުފީގެ ޕާސްޕޯޓް ހިފެހެއްޓުމާއި ގުޅޭ ގޮތުން ރަސްމީ އިދާރާއަކުން އަދި މިހާތަނަށް އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.