2018 ވަނަ އަހަރު ބޭއްވި އައިލެންޑް އޭވިއޭޝަންގެ ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް
އައިލެންޑް އޭވިއޭޝަންގެ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
1 ހަފްތާ ކުރިން
އައިޝަތު ފަތުޙީ

ރާއްޖޭގެ ޤައުމީ އެއާލައިން، މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން އިން އިންތިޒާމްކޮށްގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އައިލެންޑް އޭވިއޭޝަނުން ބުނީ އެ މުބާރާތް އޮންނާނީ މި އަހަރުގެ ރަމަޟާން މަހު ކަމަށާއި، އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އުމުރުން 08 އަހަރުން ދަށުގެ ކުޑަކުދިންނަށް ކަމަށެވެ.

Advt

Advertisement

އަދި އެ މުބާރާތުގެ މަޤްޞަދަކީ ޤުރުއާނުގެ ބައިތައް ދަސްކޮށް މުރާޖަޢާކުރުމަށް ދަރިވަރުންނަށް ހިއްވަރުދީ، އެކުދިންގެ ހިތްތަކުގައި ޤުރުއާނަށް ލޯތްބާއި ޝަޢުޤުވެރިކަން އާލާކުރުން ކަމަށްވެސް އައިލެންޑް އޭވިއޭޝަން އިން ބުނެއެވެ.

އެ މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 31 މާޗު 2020ގެ މެންދުރުފަހު 13:30ގެ ކުރިން، އައިލެންޑް އޭވިއޭޝަންގެ މައި އޮފީހަށް ހުށަހެޅުމަށް އެކުންފުނިން ވަނީ އެދިފަ އެވެ.

އެ މުބާރާތުގެ ޤަވާއިދުތަކާއި، މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް މޯލްޑިވިއަންގެ ވެބްސައިޓް www.maldivian.aero އިން ލިބެން ހުންނާނެ އެވެ.

އައިލެންޑް އޭވިއޭޝަނުން ބުނީ އެކަމާއި ބެހޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް ރަސްމީ ބަންދު ނޫން ދުވަސްތަކުގައި ހެނދުނު 09:00 އާއި މެންދުރުފަހު 14:00 އާއި ދެމެދު 3331212 އަށް ގުޅުމުން ސާފުކުރެވޭނެ ކަމަށެވެ.