English Edition
Dhivehi Edition
މޯލްޑިވިއަން އިން ގަސް އިންދުމުގެ ޕްރޮގްރާމް ފެށުން ފޮޓޯ: މޯލްޑިވިއަން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިފްތިތާހުކޮށްދެއްވި ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން، މޯލްޑިވިއަން އިން 50،000 ގަސް އިންދުމަށް ޕްލެޖްކޮށް، ގަސް އިންދަން ފަށައިފިއެވެ.

މި ޕްރޮގްރާމަކީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް، ގްރީން ހައުސް ގޭސް އުފެދުން މަދުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން ފަށާފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖުމްލަ ފަސް މިލިއަން ގަސް އިންދުމަށް ވަނީ ރޭވިފައެވެ.

މޯލްޑިވިއަންގެ ފަރާތުން މި ޕްރޮގްރާމްގައި ބައިވެރިވެ، 50،000 ގަސް އިންދުމަށް ޕްލެޖްކޮށްފައިވާކަމަށް އިއްޔެ އެކުންފުނިންވަނީ ހުޅުލޭގައި ފުރަތަމަ ގަސްތައް އިންދުމުގެ މަސައްކަތް ފަށާފައެެވެ.

ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއު އިފްތިތާހް ކުރެވިގެންދިޔައީ މިއަހަރުގެ ތިމާވެށީގެ ދުވަހުއެވެ. މިއީ މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކޮށް، ރާއްޖޭގެ ތިމާވެށީގައި ނެތިދިޔުމުގެ ބިރު ހީވެފައިވާ ގަސްގަހާގެހި އާލާކޮށް، ރާއްޖެ ހޫނުވުން ކުޑަކުރުމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވި ގައުމީ ޕްރޮގްރާމެކެވެ.މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް، މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރުތައް ކުޑަކުރުމެވެ.

މި ޕްރޮގްރާމްގެ ދަށުން އިންދޭ ގަސްތަކުގެ ތެރޭގައި ރުއް، ފަރު، ކަނީރު އަދި އެހެނިހެން ބާވަތްތަކުގެ ގަސްތައް ހިމެނެއެވެ. މި ގަސްތައް އިންދުމުގެ މަސައްކަތް ކުރިއަށްދާނީ ރާއްޖޭގެ އެކި ރަށްރަށުގައެވެ.

ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ތިމާވެށީގެ މާހިރުން ފާހަގަކުރެއެވެ.