English Edition
Dhivehi Edition

މާލެއިން ފުވައްމުލަކަށް މިއަދު ދަތުރުކުރި ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލައިޓެއް ރަންވޭއަށް ޖައްސަނިކޮށް އިންޖީނު މައްސަލައެއް ދިމާވެގެން އެމަޖެންސީގައި ލޭންޑުކޮށްފިއެވެ.

މި ހާދިސާ ހިނގިއިރު ބޯޓުގައި 47 ފަސެންޖަރުންނާއި 4 ކްރޫން ތިއްބެވެ. އެ ފްލައިޓު ފުވައްމުލަކަށް ޖައްސާ ގޮތަށް އޮތީ މިއަދު ހަވީރު 16:43ހާއިރެވެ. އަދި ފުވައްމުލަކުން ފުރައިގެން 17:05 ގައި އޮތީ މާލެ އަންނަ ގޮތަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ.

މި ހާދިސާއާއި ގުޅިގެން މޯލްޑިވިއަންގެ އޮފިޝަލަކު ވިދާޅުވީ، ފުވައްމުލަކަށް ދަތުރު ކުރަމުންދިޔަ ބޯޓަށް ޓެކްނިކަލް މައްސަލައެއް ދިމާވި ކަަމަށެވެ. އަދި ރައްކާތެރިކަމާއެކު ބޯޓު ފުވައްމުލަކަށް ޖައްސާފައިވާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

ބޯޓުގެ އިންޖީނަށް މައްސަލަ ދިމާވީ ފުވައްމުލަކަށް ލޭންޑު ކުރަން އުޅެނިކޮށް ކަމަށާއި އެއާއެކު “ސޭފް ލޭންޑިން”އެއް ހަދައި، ދިމާވި މައްސަލަ ހައްލު ކުރުމަށް އިންޖިނިއަރުންގެ ޓީމެއް ފުވައްމުލަކަށް ދިއުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް މޯލްޑިވިއަނުން ވަނީ ބުނެފައެވެ،

އެ ފްލައިޓުން މާލެ ދާން އުޅުނު މީހަކު “ސަން”އަށް މައުލޫމާތު ދެމުން ބުނީ ފުވައްމުލަކަށް ލޭންޑުކުރި ގޮތަށް އެއް ޓާން ނެގުމަށް ފަހު ފްލައިޓު ހުއްޓާލީ ކަމަށެވެ. އެއާއެކު ފަޔާ އެންޑް ރެސްކިއު ޓީމާއި، އިންޖިނިއަރުންގެ ޓީމު އެ ސަރަހައްދަށް ގޮސް ފްލައިޓުގައި ތިބި މީހުން ބާލަން ފެށި ކަމަށް އޭނާ ބުންޏެވެ.