English Edition
Dhivehi Edition

ހިމަ ބިއްސަށް ތުހުމަތު ކުރެވިގެން ޓެސްޓު ކުރި 17 އަހަރުގެ ފިރިހެން ކުއްޖާ ބައްޔަށް ނެގެޓިގް ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެެ.

ހެލްތް މިނިސްޓްރީ އިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ކުއްޖާ އަކީ ހިމަބިހީގެ ވެކްސިންވެސް ޖަހާފައިވާ ކުއްޖެއް ކަމަށެވެ. މި ކުއްޖާއަށް ހިމަ ބިހި ޖެހިފައިވާކަމަށް ޝައްކު ކުރެވި އައިޖީއެމްއެޗްގައި ފަރުވާ ވެސް ވަނީ ދީފައެވެ.

ރާއްޖެއިން ނައްތާލެވުނު ހިމަބިހި އަލުން ފެތުރެމުން އަންނަ ކަމަށް ހެލްތު މިނިސްޓްރީން މިއަދު ރަސްމީކޮށް އިއުލާން ކޮށްފައިވާއިރު މިހާތަނަށް ކުޑަކުއްޖަކާއި، ބޮޑު މީހަކުވަނީ ހިމަ ބިއްސަށް ޕޮޒިޓްވެފައެވެ.މިހާރު ރާއްޖޭގައިވެސް ވެކްސިން ދިނުމާއި ދެކޮޅަށް ގިނަ ބަޔަކު މަސައްކަތްކުރަމުންދާ މި ދުވަސްވަރު ހިމަ ބިއްސަށް ޕޮޒިޓިވް ވެގެން އެންމެ ފުރަތަމަ ފަރުވާދީފައިވާ ކުޑަކުއްޖާއަކީ ނުވަ މަހުގައާއި 18 މަހުގައި ދޭންޖެހޭ މީސްލްސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައި ނުވާ ކުއްޖެއް ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް މިނިސްޓަރު އަމީން ވިދާޅުވީ ހިމަބިހި ޖެހިފައިވާ އެންމެ މީހަކު ފެނުނަސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ މިންގަނޑުން އެކަމުގައި އަމަލު ކުރަމުން ދަނީ “އައުޓްބްރޭކް” އެއްގެ ގޮތުގައި ކަމަށެވެ. މީގެ އިތުރުން އަމީން ވަނީ ހިމަބިހިން ސަލާމަތްވުމާ ގުޅިފައި ވަނީ ވެކްސިން ޖެހުމާއި ވެކްސިން ޑޯޒް ފުރިހަމަ ކުރުން ކަން ފާހަގަކުރައްވާ، ވެކްސިން ޖެހުމަށް މިއަދު ހަވީރު 4:00 އިން ފެށިގެން ހަރަކާތްތަކެއް ހިންގަން ރާވާފައިވާ ކަމަށް ވިދާޅުވެފައެވެ.

ހިމަބިހީގެ އަލާމާތްތައް ފެންނަން ފަށާނީ ވައިރަސްގެ އަސަރު ކުރާތާ 10-14 ދުވަސް ތެރޭގަ އެވެ. ބަލީގެ އާންމު ނިޝާންތަކާއި އަލާމާތްތަކުގެ ތެރޭގައި؛ ހުން އައުމާއި ހިކިކޮށް ކެއްސުމާއި ނޭފަތުން ފެން/އަރިދަފުސް ފޭބުމާއި ކަރުގައި ރިއްސުން އަދި ލޯ ދުޅަވެފައި ހުރުން ހިމެނެ އެވެ.

ޓެގު