English Edition
Dhivehi Edition

އިސްލާމިކް މިނިސްޓްރީން އިންތިޒާމް ކޮށްގެން އައްޑޫ ސިޓީ ނޫރާނީ ސްކޫލުގައި ބޭއްވުމަށް ހަމަޖެހިފައިވާ މުފްތީ އިސްމާއިލް މެންކްގެ ދަރުސްގައި ހުޅުމީދޫ އިން ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ދަތުރުފަތުރުގެ ހިދުމަތް އެމްޕީއެލްގެ ސީ.އެސް.އާރުގެ ދަށުން ހަމަޖައްސައިދީފިއެވެ.

އިސްލާމްދީނާބެހޭ ސައްހަ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަޤްސަދުގައި އިސްލާމިކް މިނިސްޓްރީން 15 ޖެނުއަރީ 2020 ވާ ބުދަ ދުވަހުގެ ރޭ 20:15 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ދަރުސް އަށް ހުޅުމީދޫ އިން ދާ ފަރާތްތަކަށް ހިލޭ ދަތުރުފަތުރު ހަމަޖެހިފައިވާކަމަށް ހުޅުމީދޫ އެސްޓީއެލް އިންވަނީ ބުނެފައެވެ. އެ ކުންފުނީގެ ސީއެސްއާރުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މި ދަތުރުގައި ހުޅުމީދޫ އިން ފުރުން އޮންނާނީ 18:30 ގައެވެ. އަދި ފޭދޫ އިން ފުރުން 22:30 ގައި ހަމަޖެހިފައިވާއިރު ހިތަދޫއަށް ދިއުމަށް ބޭނުންވާ ބަސް ދަތުރުތައްވެސް އެ ކުންފުނިން ވަނީ ހަމަޖައްސައިދީފައެވެ.

މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން 18 ވަނަ ދުވަހާއި ހަމައަށް މުފްތީ މެންކް ރާއްޖޭގައި ހުންނަވާނެ އެވެ. އިސްލާމިކް މިނިސްޓްރީގެ ދައުވަތަކަށް މުފްތީ މެންކް ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި މާލެއާއި އައްޑޫ ސިޓީ އަދި ކުޅުއްދުއްފުށީ ސިޓީގައި ދީނީ ދަރުސް ދެއްވާނެއެވެ. މީގެ އިތުރުން ޒުވާނުންނަށާއި ދީނީ ޢިލްމުވެރިންނަށް ހާއްސަ ދީނީ ޕްރޮގްރާމްތަކެއްވެސް ކުރިއައް ގެންދަން ހަމަޖެހިފައިވެއެވެ. އިރުމަތީ އެފްރިކާ އަދި އެނޫން ސަރަހައްދުތަކުގެ ގައުމުތަކުގައިވެސް ގިނަ ތަގުރީރުތަކެއް ދެއްވަމުން ގެންދަވާ ޝެއިޚް މުފްތީ އަކީ ޒިމްބާބުވޭގެ މުސްލިމު އާބާދީއަށް އިސްލާމީ ތައުލީމު ފޯރުކޮށްދޭ މަޖްލީސުއް އުލަމާގެ ދަށުން ހިންގަމުން އަންނަ އިސްލާމީ އެޑިއުކޭޝަން ސެންޓަރު ނުވަތަ ދާރުލް އިލްމުގެ ޑިރެކްޓަރެވެ.މިފްތީ މެންކް ވަނީ އިސްލާމިކް ޔުނިވާސިޓީ އޮފް މަދީނާއިން ޝަރީއާ ލޯއިން ޑިގްރީއެއް ހާސިލްކުރައްވާފައެވެ.