English Edition
Dhivehi Edition

ރޭ ކުރިޔަށް ދިޔަ އިނގިރޭސި ޕްރިމިއާ ލީގުގައި ކްރިސްޓަލް ޕަލަސް އާއި އާސެނަލް ކުޅުނު މެޗުން ދެ ޓީމު އެއްވަރު ވެއްޖެއެވެ. މީގެ ސަބަބުން އާސެނަލުން ގަދަ ހަތެރަކަށް އެރުމަށް ކުރަމުން އައި މަސައްކަތަށް ހުރަސްތަކެއް އެޅިގެން ދާނެއެވެ.

1-1 އިން އެއްވަރުވި މި މެޗު ކުޅެފައި ވަނީ ކްރިސްޓަލް ޕަލަސް ގެ ދަނޑުގައި އެވެ. ރޭ ލިބުނު ޕޮއިންޓާއި އެކު ޕަލަސް ވަނީ 29 ޕޮއިންޓާއި އެކު ތާވަލުގެ ނުވަ ވަނަ އަށް ކުރިއަށް ޖެހިލައިފަ އެވެ. އަދި އާސެނަލް އޮތީ 28 ޕޮއިންޓާއި އެކު ތާވަލުގެ ދިހަ ވަނައިގަ އެވެ.

މި މެޗުގައި ފުރަތަމަ ލަނޑު ޖެހީ އާސިނަލުންނެވެ. ފުރަތަމަ ހާފުގެ 12 ވަނަ މިނެޓުގައި ޖެހި މި ލަނޑު ޖަހައިދީފައި ވަނީ ޕިއެރޭ އެމެރިކް އޮބަމެޔާންގް އެވެ. އަދި ޕަލަސް އިން ފުރަތަމަ އަށް މި މެޗުގައި ލަނޑެއް ޖެހީ 54 ވަނަ މިނެޓުގައި އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޖޯޑަން އަޔޫ އެވެ.

ރޭގެ ކުޅުމަށްފަހު އާސެނަލްގެ ޓީމު ދެންއޮތް މެޗަކަށް ވަރަށް ރަނގަޅަށް ތައްޔާރުވާނެއެވެ.