English Edition
Dhivehi Edition

އައްޑޫސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ބެންކޮކަށް ދަތުރުކުރެވޭ ޚާއްޞަ ފެއަރ އެއް ސްރީލަންކަން އެއާލައިނުން ތައާރަފްކޮށްފިއެވެ.

މި ޕްރޮމޯޝަނުގައި ގަމުން ބެންކޮކަށް ދެކޮޅު ޓިކެޓް 332 ޔޫއެސް ޑޮލަރަށް ލިބޭއިރު ކޮންމެ ފަސިންޖަރަކަށް ރިޓާންގައި 40 ކިލޯގެ ލަގެޖް ގެންދެވެއެވެ.

ސްރީލަންކަން އިން ބުނެފައިވަނީ މި ފެއަރ ގައި ދަތުރު ކުރުމަށް ބޭނުންވާ ފަރާތްތަކުން ޖެނުއަރީ 8 ވަނަ ދުވަހުން ފެށިގެން ޖެނުއަރީ 31 ގެ ނިޔަލަށް ޓިކެޓް ނަގައި އަދި ދަތުރުވެސް ކޮށް ނިންމަން ޖެހޭ ކަމަށެވެ.

ސްރީލަންކަން އެއާލައިނުން ގަމަށް ދަތުރު ކުރާތާ 2 އަހަރު ވެފައިވާ އިރު ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުންނަށް މި އެއާލައިނުން، ސްރީ ލަންކާ އަދި އިންޑިއާގެ އެކި ސަރަހައްދުތަކަށް ކުރަމުން އަންނަ ދަތުރުރަކާއި، އެނޫންވެސް ބައިނަލް އަޤްވާމީ ދަތުރުތަކުގެ ސަބަބުން ވަނީ ވަރަށް ގިނަ ލުއިފަސޭހަތަކެއް ލިބިފައެވެ.