English Edition
Dhivehi Edition
އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ޕްރައިވެޓް ލިމިޓެޑުން ހިންގާ ގަން އިންޓަނޭޝަނަލް އެއާޕޯޓް - ފޮޓޯ: މިހާރު

ޑިމާންޑް ބޮޑުވުމާއި ގުޅިގެން ގައުމީ އެއަރލައިން މޯލްޑިވިއަނުން އައްޑޫ ގަން ހިމެނޭ ގޮތަށް ރާއްޖޭގެ ހަތް އެއަރޕޯޓަކަށް އިތުރު ފްލައިޓްތަކެއް އަޅަން ނިންމައިފިއެވެ.

މޯލްޑިވިއަނުން ފްލައިޓްތައް އިތުރު ކޮށްފައިވަނީ ގަމުގެ އިތުރުން ހަނިމާދޫ، ކާޑެއްދޫ، މާވަރުލު، ފުނަދޫ އަދި ކައްދޫ އެއާޕޯޓަށެވެ. އަންނަ މެއި މަހު 1 ވަނަ ދުވަހާ 2 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ފްލައިޓްތަކުގެ ގަޑިތަކަކީ

1 މެއި ދުވަހުގެ ފްލައިޓްތައް

  • މާލޭން – ގަމަށް : ރޭގަނޑު 21:15 އަދި ގަމުން – މާލެއަށް 23:35ގައި
  • މާލޭ – މާވަރުލު : 7:35 އަދި މާވަރުލު – މާލެއަށް 9:25
  • މާލޭ – ކާޑެއްދޫ : 7:15 އަދި ކާޑެއްދޫ – މާލެއަށް 08:55 ގައި

2 މެއި ދުވަހުގެ ފްލައިޓްތައް:

  • މާލެއަށް – ހަނިމާދޫ : 6:25 އަދި ހަނިމާދޫ – މާލޭއަށް 7:40
  • މާލޭ – ކާޑެއްދޫ : 20:50 އަދި ކާޑެއްދޫ – މާލެއަށް 22:3
  • މާލެ – ފުނަދޫ : 7:15 އަދި ފުނަދޫ – މާލެއަށް 8:20
  • މާލެ – ކައްދޫ : 20:45 އަދި ކައްދޫ – މާލެއަށް : 21:55