English Edition
Dhivehi Edition

ރާއްޖޭގެ ޤައުމީ އެއާލައިން މޯލްޑިވިއަންގެ ދަތުރެއް ކޮންމެ ދުވަހަކު ގަމުން ކޫއްޑުއަށް ބާއްވަން ނިންމައި ބުކިން ހެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މޯލްޑިވިއަން ހިންގާ އައިލޭންޑް އޭވިއޭޝަނުން މިގޮތަށް ނިންމެވީ 2023 ފެބްރުއަރީ އިން ފެށިގެން ފްލައި ދުބާއީގެ ސީދާ ފްލައިޓުތަކެއް، ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ފެށުމަށް ހަމަޖެހިފައިވާތީ އެ އެއާލައިނުން އަންނަ ޓޫރިސްޓުންނަށް ފަސޭހައަކަށްކަމަށް އައިލޭންޑް އޭވިއޭޝަނުން މަޢުލޫމާތު ދެއްވައެވެ.

ފްލައި ދުބާއީ އިން ގަމަށް ސީދާ ފްލައިޓްތައް ފަށަން ނިންމާފައި ވަނީ ފެބްރުއަރީ 4 ގަ އެވެ. މި ދަތުރު ވެގެންދާނީ ދުބާއީ އިން ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ސީދާ ފްލައިޓުތައް ފަށާ ފުރަތަމަ އެއަރލައިންގެ ދަތުރަށެވެ.

ފްލައި ދުބާއީ އިން ކޮންމެ ހަފުތާއެއްގައި 28 ފްލައިޓު، ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ތާވަލު ކޮށްފައިވާ ކަމަށް އެ އެއަރލައިނުންވަނީ ހާމަކޮށްފައެވެ.