English Edition
Dhivehi Edition

އެތެރެހަށީގެ ބަލިތަކަށް ޚާއްޞަ ސ. މަރަދޫ، ހަބަރުމާގޭ ޑރ. ސާރިއު އަލި ދީދީގެ ޚިދުމަތް މިހާރު އިންޓަނޭޝަނަލް މެޑިކަލް ޑައިގްނޯސްޓިކް ސެންޓަރ (އައިއެމްޑީސީ) އިން ލިބެން ފަށައިފިއެވެ.

އައިޖީއެމް ، ސެނެހިޔާ އަދި ފެމެލީ ކެއަރ ގައި މަސައްކަތް ކުރައްވަވަމުން އަންނަ އެތެރެހަށީގެ ބަލިތަކަށް ޚާއްޞަ ޑރ ސާރިއު ، އައިއެމްޑީސީގެ ވިޒިޓިން ޑޮކްޓަރެއްގެ ގޮތުގައި މިއަދު ވަނީ އެ ހޮސްޕިޓަލުގައި ބަލިމީހުން ބައްލަވަން ފައްޓަވާފައެވެ. އަދި ކޮންމެ މަހަކު އެއްފަހަރު ޑރ ސާރިއުގެ ޚިދުމަތް ދެން އެހޮސްޕިޓަލުން ލިބެމުން ދާނެ ކަމަށް އައިއެމްޑީސީން ބުނެއެވެ.

ބަލިމީހުން ބެއްލެވުމުގެ އިތުރުން ވޯކް ޕާމިޓް މެޑިކަލް ވެސް ހައްދަވާ ދެއްވަވާނެ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެއެވެ.

ޑރ. ސާރިއު ބައްލަވާ ބަލިތަކުގެ ތެރޭގައި، އެލާޖީތަކަށް ފަރުވާ ދިނުން، ބޮލުގައި ރިއްސުން، ވަރުބަލިވުން، ގައިގައި ރިއްސުން، ނޭވާލާ ނިޒާމުގެ ބަލިތައް، ލޭ، ހަކުރު އަދި ސަރުބީ މަތިވުން ނުވަތަ ދަށްވުން، ރާއްޖެބަލި އަދި ތައިރޮއިޑްގެ މައްސަލަތައް ހިމެނެއެވެ.

އައިއެމްޑީސީގައި މިއަދާއި އަދި މާދަމާ ޑރ ފަރުވާ ދެއްވަވަން އިންނަވާނެ ކަމަށާއި ޑޮކްޓަރަށް ދައްކަވަން ބޭނުންވާ ފަރާތްތަކުން 6888802 މި ނަމްބަރަށް ގުޅައި ނަންނޯޓު ކުރުމަށް އެ ހޮސްޕިޓަލުން އެދެއެވެ.