English Edition
Dhivehi Edition

ރާއްޖޭގެ ނަން މަޝްހޫރު ކުންފުންޏެއް ކަމަށްވާ ސިމްޑީ ގުރޫޕުން އައްޑޫސިޓީގެ ހިތަދޫގައި ހިންގަމުން އަންނަ ޕްރައިވެޓް ހޮސްޕިޓަލް އިންޓަނޭޝަނަލް މެޑިކަލް އެންޑް ޑައިގްނޯސްޓިކް ސެންޓާރ(އައިއެމްޑީސީ) ގެ ޚިދުމަތް މެދުނުކެނޑި އައްޑޫގައި ދެމުން އަންނަތާ 10 އަހަރު ވެއްޖެއެވެ.

އެންމެ ފުރިހަމަ ޒަމާނީ ވަސީލަތް ތަކާއެކު ހިތަދޫގައި ޚިދުމަތް ދޭން ފެށި މި ހޮސްޕިޓަލަކީ އައްޑޫގައި ހުރި ހަމައެކަނި ޕްރައިވެޓް ހޮސްޕިޓަލެވެ.

އައިއެމްޑީސީގެ ޚިދުމަތް އައްޑޫގައި ކުރިއަށް ގެންދަނީ ކުރީގައި ހެލްތު މިނިސްޓަރ ކަންވެސް ކުރެއްވެވި ޑރ މަރިޔަމް ޝަކީލާގެ ޙިއްސާ އޮންނަ ކުންފުނި ސިމްޑީއިން ޑރ ޝަކީލާގެ ފުރިހަމަ ބެއްލެވުމުގެ ދަށުންނެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ވެސް ނުދެވޭ އިތުރު ޚިދުމަތް ތަކާއެކު އައްޑޫގައި ހިންގާ މި ހޮސްޕިޓަލުގައި ޕްރައިވެޓް ވޯޑުތަކާއި އޮޕަރޭޝަން ތިއޭޓަރ ގެ ޚިދުމަތް ލިބެން ހުރެއެވެ. ހަމަ އެއާއެކު އަންހެނުންގެ ޚާއްޞަ ޑޮކްޓަރާއި ދަތުގެ ޚާއްޞަ ޑޮކްޓަރުގެ އިތުރުން ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރަކާއި އާންމު ބަލިތަކަށް ޚާއްޞަ ޑޮކްޓަރުން މި ހޮސްޕިޓަލުގައި ޚިދުމަތް ދޭން ތިއްބަވައެވެ. މީގެ އިތުރުން ވިޒިޓިން ޑޮކްޓަރުންގެ ގޮތުގައި ތަފާތު އެކި ބަލިތަކަށް ޚާއްޞަ ބޭފުޅުންގެ ޚިދުމަތް އައްޑޫގެ ރައްޔިތުންނަށް އަމިއްލަ ރަށުގައި ތިބެގެން ލިބޭނެ ގޮތް އައިއެމްޑީސީން ފަހިކޮށް ދެއެވެ.

މީގެ 10 އަހަރު ކުރިން ބޮޑެތި ގޮންޖެހުންތަކަކާ އެކު ފެށިގެން ދިޔަ މި ހޮސްޕިޓަލަކީ ކުރި މަގުއޮތް ހޮސްޕިޓަލެއް ކަމަށާއި އަދި އެ ހޮސްޕިޓަލުގެ ހިދުމަތް މިހާރަށް ވުރެ ރަނގަޅު ކުރެވޭނެ ގޮތްތައް ހަމަޖެއްސުމަށް އަބަދުވެސް މަސައްކަތް ކުރަމުން ގެންދާ ކަމަށް ހޮސްޕިޓަލުގެ މެނޭޖްމަންޓުން ބުނެއެވެ.

ޒަމާނީ ރީތި ގޮތަކަށް ފަރުމާކޮށްފައިވާ 3 ބުރީގެ މި ހޮސްޕިޓަލް އިތުރަށް ތަރައްގީ ކުރުމަށް މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށްވެސް އެ ހޮސްޕިޓަލް ހިންގާ ސިމްޑީ ކުންފުނިން ދާދިފަހުން ވަނީ ބުނެފައެވެ.

އެގޮތުން ވިޒިންޓިންގ ޑޮކްޓަރެއްގެ ގޮތުގައި އީއެންޓީ އަކާއި ޑައިޑައިޓީޝިއަން އެއް ވަރަށް އަވަހަށް އައިއެމްޑީސީއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެއެވެ.

މިއީ 2008 ވަނަ އަހަރުން ފެށިގެން އެ ހޮސްޕިޓަލުން ޚިދުމަތް ހޯދަމުން އަންނަ އައްޑޫގެ ރައްޔިތުންނަށް އުފާވެރި ޚަބަރެކެވެ.

1 ކޮމެންޓް
ހާރިސް
ފެބުރުއަރީ 3, 2018
މަރުހަބާ އައިއެމްޑީސީ