English Edition
Dhivehi Edition
ނަވަލޯކާ ހޮސްޕިޓަލާއި އައިއެމްޑީސީ ގުޅިގެން މަސައްކަތް ކުރުމުގެ އެއްބަސްވުމުގެ ތެރެއިން

ސްރީލަންކާގެ ނަވަލޯކާ ހޮސްޕިޓަލުގެ މަޝްހޫރު ޑޮކްޓަރެއް ކަމުގައިވާ ޑރ އިންދަރަޖިތް މައިތްރީ ޑި ޒޯއިސާ ގުނަސޭކަރަ ސާރޖަރީ (އެމްއެސް) ، އައްޑޫސިޓީގައި ހިންގަމުން އަންނަ އިންޓަނޭޝަނަލް މެޑިކަލް އެންޑް ޑައިގްނޯސް ސެންޓަރ (އައިއެމްޑީސީ) ގައި ކުރިއަށް އޮތް ދެދުވަހު ޚިދުމަތް ދެއްވަވާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

ޑރ މައިތްރީ އަކީ ނަވަލޯކާ ހޮސްޕިޓަލުގައި ގެސްޓްރޯއެންޓެރޯލޮޖިސްޓެއްގެ ގޮތުގައި މަސައްކަތް ކުރައްވަވާ ޑޮކްޓަރެކެވެ.

22 އޮގަސްޓުން ފެށިގެން 23 އޮގަސްޓުގެ ނިޔަލަށް އައި.އެމް.ޑީ.ސީ ގައި މި ޑޮކްޓަރ ބަލިމީހުން ބައްލަވާ ގޮތަށް ހަމަޖެހިފައިވާއިރު ދެއްވާ ފަރުވާ ތަކުގެ ތެރޭގައި:
• ބަނޑުގައި ރިއްސުމާއި ބަނޑަށް އުނދަގޫވުން
• ހަޖަމުކުރުމުގެ ނިޒާމުން ލޭ އައުން
• ބޭރަށް ހިނގުމާއި ބަނޑު ހަރުވުން
• ދިރުވާ ހެދުމަށް އުނދަގޫވުން
• ބޮޑު ގޮހޮރު ދުޅަވުމާއި ބޮޑު ގޮހޮރަށް ދިމާވާ އެހެނިހެން މައްސަލަތައް
• ގެސްޓްރިއިޓްސްވުމުގެ ސަބަބުން މެއިން ދިލަ ނެގުމާއި އަދި އެކަމުން ދިމާވާ އެހެނިހެން މައްސަލަތައް
• ހާނިއާގެ ބަލިތައް
• ހެޕަޓައިޓިސް، ރީނދޫވުން ފަދަ ފުރަމޭ (ލިވާ) އަށް ދިމާވާ މައްސަލަތައް
• މޭ ނުބައި ކުރުމާއި ހޮޑުލެވުން
• އެތެރެހަށީގައި އުފެދޭ ފާރުތައް

ފަދަ ބަލިތައް ހިމެނެއެވެ.

ޑރ މައިތްރީ އަށް ދެއްކެވުމަށް ބޭނުންފުޅުވާ ފަރާތްތަކުން އެޕޮއިންޓްމެންޓް ހެއްދެވުމަށް، 6888802 ނުވަތަ 7998802 އަށް ގުޅުއްވުމަށް އައިއެމްޑީސީން ވަނީ އެދިލައްވަވާފައެވެ.

ސިމްޑީ ގްރޫޕްގެ އިންޓަނޭޝަނަލް މެޑިކަލް އެންޑް ޑައިގްނޯސްޓިކް ސެންޓަރު (އައިއެމްޑީސީ) މަލްޓި ސްޕެޝަލިޓީ ހޮސްޕިޓަލާއި ސްރީ ލަންކާގެ ނަވަލޯކާ ހޮސްޕިޓަލުން މިއަހަރު ކުރީކޮޅު ވެފައިވާ އެއްބަސްވުމުގެ ދަށުން ކަނޑައެޅޭ އެކި ދުވަސްތަކެއްގައި ނަވަލޯކާގެ ޑޮކްޓަރުން އައިއެމްޑީސީއަށް ވަޑައިގެން ހިދުމަތް ދިނުމަށް ވަނީ ހަމަޖެހިފައެވެ،

ނަވަލޯކާ ހޮސްޕިޓަލަކީ މިހާރު ވެސް ރާއްޖޭގެ ގިނަ ބަޔަކު ހިދުމަތް ހޯދަމުން އަންނަ ހޮސްޕިޓަލެކެވެ.