English Edition
Dhivehi Edition

އޮސްޓްރޭލިއާގެ އެކި ހިސާބުތަކުގައި ފެތުރެމުންދާ ވަރުގަދަ އަލިފާންގަނޑުތަކުގެ އެގައުމުގެ އެތައް ސަރަހައްދެއް އަނދައި އަޅިއަށްވެ ގިނަބައެއްގެ ގެދޮރު ގެއްލި، އިންސާނުންނާއި ޖަނަވާރުންގެ ފުރާނައަށް ގެއްލުންވަމުންދާތީ އޮސްޓްރޭލިއާގެ މުސްލިމުންތަކެއް، އެގައުމަށް ވާރޭ ވެހުން އެދި ނަމާދުކޮށް ދުޢާ ކޮށްފިއެވެ.

އޮސްޓްރޭލިއާގެ ބޮނީތޮން ނަމަކަށް ކިޔާ ޕާކަކަށް 50އަށްވުރެ ގިނަ މުސްލިމުން އެއްވެ ނަމާދުކޮށް ދުޢާކޮށްފައިވައިރު މިރޭ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް އޮސްޓްރޭލިއާއަށް ވާރޭވެހުން އެދި ދުއާކުރުމަށް ހަމަޖެހިފައިވާކަމަށް ބޭރުގެ މީޑިއާ ރިޕޯޓްތައްވަނީ ބުނެފައެވެ.

މިފަހަކަށް އައިސް ކޮންމެ އަހަރެއްގެވެސް ހޫނު މޫސުމާ ދިމާކޮށް އޮސްޓްރޭލިއާގެ ޖަންގަލިތަކުގައި އަލިފާން ރޯވުމުގެ މައްސަލަ ދަނީ ކުރިމަތިވަމުންނެވެ. މި ގޮތުން މިދިޔަ އަހަރު ފަހު ކޮޅުން ފެށިގެން އޮސްޓްރޭލިއާގެ އެކި ހިސާބުތަކުގައިވަނީ އަލިފާން ރޯވާން ފަށާފައެވެ. މި ގޮތުން މިދިޔަ އަހަރު ނޮވެމްބަރު މަހު އޮސްޓްރޭލިއާގެ އެންމެ އާބާދީ ބޮޑު ސައުތް ވޭލްސް ޖަންގަލީގެ 70 ޞަރަޙަދެއްގައި އަލިފާން ރޯވެ 300 މީހަކު މަރުވެ، ފަސް މީހުން ވަނި ވީނުވީއެއް ނޭނގި ގެއްލިފައެވެ.

ނިއު ސައުތް ވޭލްސް ސަރަހައްދުގައި ރޯވެފައިވާ އަލިފާންގަނޑުތަކުގެ ސަބަބުން، މިދިޔަ ހޯމަ ދުވަހުން ފެށިގެން މިހާތަނަށް 7 މީހަކު ވަރުވެފައިވާއިރު އޮސްޓްރޭލިއާގެ އައްސޭރި އަވަށެއް ކަމުގައިވާ މަލަކޫޓާ ވަށައިގެން އަލިފާން ރޯވެ، އެރަށަށް ވަދެނުކުތުމަށް ބޭނުންކުރާ މަގު އަލިފާނުގެ ސަބަބުން ބަންދުވުމާ ގުޅިގެން ގިނަ ބަޔަކުވަނީ އެ ރަށުގައި ތާށިވެފައެވެ.

އަލިފާންގަނޑުތައް ކޮންޓްރޯލް ކުރަން ރެއާއި ދުވާލު އޮސްޓްރޭލިއާގެ އަލިފާން ނިއްވާ މީހުން ހުއްޓުމެއް ނެތި މަސައްކަތް ކުރަމުން ގެންދިޔަނަމަވެސް އަލިފާންގަނޑު ފެތުރިފައިވާ ބޮޑުކަމުން ކޯންޓްރޯލްކުރެވޭ ގޮތްވަނީ ނުވެފައެވެ.