English Edition
Dhivehi Edition

2019 ވަނަ އަހަރުގެ ބޮޑު ޗުއްޓީ އަކީ އެހެން އަހަރުތަކާއި އަޅާ ބަލާއިރު އައްޑޫ ސިޓީ މީދޫއަށް، ރާއްޖޭގެ އެކި ކަން ކޮޅުތަކުން ޒިޔާރަތްކުރި މީހުންގެ އަދަދު އިތުރު އަހަރެއް ކަން ފާހަގަކޮށްލެވެއެވެ. އެމްޕީއެލްގެ ފެރީ ދަތުރުތަކަށް ބައެއް ދުވަސް ދުވަހު ބާރުބޮޑުވެފައިވާ ވަރަށް ބަލާލާއިރު، މީދޫ އަށް މަދުވެގެން 50 އަށްވުރެ ގިނަ މީހުން ޒިޔާރަތް ނުކުރާ ދުވަހެއް މަދޭ ބުނެވިދާނެއެވެ.

އައްޑޫ ސިޓީ މީދޫއަކީ ސިޓީގެ އެހެން ރަށްތަކާއި ވަކިން އޮންނަ ސާފުތާހިރު ހިތްގައިމު ރަށެކެވެ. ރަށުގެ ސާފުތާހިރުކަމާއެކު ހެދިފައިވާ މައިޒާންތަކާއި ހިތްގައިމު ގެސްޓްހައުސްތަކުގެ އިތުރުން މަތިކިޅި އިކޯގާޑަން އަކީ އެތަންތަން ބަލާލުމަށް ރަށުން ބޭރު މީހުން ޒިޔާރަތްކުރާސަބަބުތައްކަން ޔަގީނެވެ. މި މަހުގެ ފުރަތަމަ ދުވަހު އެކަނިވެސް ރަށަށް ޒިޔާރަތްކުރި 250 އަށްވުރެ ގިނަ މީހުން އިކޯގާޑަނަށް ޒިޔާރަތްކޮށްފައެވެ. އެހެންނަމަވެސް ހިތާމައަކީ އެތަނަށް ޒިޔާރަތްކުރާ މަދު ފަރާތްތަކުގެ އަމަލުތަކުގެ ސަބަބުން ތަނަށް ބޮޑެތި ގެއްލުންތައް ލިބެމުންދާ ކަމެވެ.

އައްޑޫ ސިޓީ މީދޫ މަތިކިޅި އިކޯގާޑަން އަށް ޒިޔާރަތްކުރާ ބައެއް ފަރާތްތަކުން އެ ތަނަށް ގެއްލުން ދެމުންދާއިރު އިކޯގާޑަންގެ އެކި ހިސާބުތަކުގައި އެތަނުގެ ގަވައިދުތައް ލިޔެފައި ހުރެއެވެ. “އެކަމަކު ބައެއް ފަރާތްތަކުން އެ ތަނަށް ޒިޔާރަތްކޮށް އެ ތަނުގެ ބޯޑްތަކަށާއި އެހެނިހެން ތަކެއްޗަށްވެސް ގެއްލުންދީ ހަލާކު ކުރަމުންދާކަން ފާހަނގަކުރެވޭ. މި ތަނަށް އެންމެންވެސް ޒިޔާރަތްކުރަންވީ. އެކަމަކު އެ ތަނުގެ ގަވައިދުތަކަށްވެސް އިހްތިރާމްކޮށްގެން، މި މަސައްކަތަށް އެއްބާރުލުން ދިނުމަކީ އަޅުގަނޑުމެން ޓީމްގެ ވަރަށް ބޮޑު އެދުމެއް.”އިކޯގާޑަންގެ މަސައްކަތުގައި އަމަލީ ގޮތުން ހަރަކާތްތެރިވާ ސަލާހް ބުންޏެވެ. މިދިޔަ ޑިސެމްބަރު މަހު އިކޯގާޑަންއަށް ޒިޔާރްތަކުރި ފަރާތްތަކުންވެސް ތަނުގެ ވޯލްކްވޭ ހަލާކުކޮށް ބޮޑެތި ގެއްލުންތަކެއް ދީފައިވާކަން ސަލާހު ފާހަގަކުރީ ހިތާމައާއި އެކުގައެވެ. “މި މަސައްކަތަކީ އަދި ސަރުކާރުގެ އެއްވެސް ފަރާތަކުން އެހީތެރިކަމެއް ލިބިގެން ކުރިއަށްދާ މަސައްކަތެއް ނޫން. ހަމަ އަމިއްލަ ފަރުދުން ވެދޭ އެހީތެރިކަމާއެކު ކުރިއަށް މި ގެންދަނީ. “ސަލާހް ބުންޏެވެ. މީގެ އިތުރުން ސަލާހުވަނީ މި ސަރަހައްދު ހިމާޔަތްކޮށް ރައްކާތެރިކުރުމަށްޓަކައި ރަށުގެ ވެރިންގެ ފަރާތުންވެސް އެއްބާރުލުމާއި އެހީތެރިން ބޭނުންވާކަން ފާހަގަކޮށްފައެވެ.

މި މަސައްކަތަކީ ވަރަށް ގިނަ ވަގުތާއެކު، ވަރަށް ގިނަ ބައެއްގެ ބުރަ މަސައްކަތުން ހަދަމުންދާ ތަނެއްކަމުން މިތަނަށް ޒިޔާރަތްކުރާ ފަރާތްތަކުންވެސް ތަނުގެ ރީތިކަން ނުގެއްލޭ ގޮތަށް، ތަނުގެ ގަވައިދުތަކާއި އެއްގޮތަށް އަމަލުތައް ބެހެއްޓުމަކީ ވަރަށް މުހިއްމު ކަމެކެވެ. މި ގޮތުން އެތަނަށް ޒިޔާރަތްކުރާ ފަރާތްތަކުން އެ ސަރަހައްދަށް ކުނި ނޭޅުމާއި ތަނުގެ ރީތިކަމާއި ސާފުތާހިރުކަން ދެމެހެއްޓުމަކީ ވަރަށް މުހިއްމުކަމެކެވެ. މީގެ އިތުރުން ކުޑަކުދިން ގޮވައިގެންދާ ފަރާތްތަކުން އެކުދިންނަށްވެސް އެ ތަނުގައި އުޅެންޖެހޭ ގޮތުގެ ފުރިހަމަ އިރުޝާދު ދިނުމަކީ ތަނަށް ލިބޭ ގެއްލުން ވަރަށް ބޮޑަށް ކުޑަވެގެންދާނެކަމެއް ކަމުގައި ޔަގީނެވެ.

އިކޯގާޑަންމަތި

އައްޑޫ މީދޫ މަތިކިޅިއޭ ކިޔުނު ކުޅި އާއި ޗަސްބިމުގައިވާ ފެންގަޑެއް ހިމާޔަތް ކުރުމުގެ މަސައްކަތް ރަސްމީކޮށް ފެށިގެންދިޔައީ 02 ޑިސެމްބަރު 2017ގައެވެ. މި ސަރަހައްދު ހިމާޔަތްކުރުމަށްޓަކައި އެންމެ ފުރަތަމަ ކުރެވުނު މަސައްކަތަކީ ފެންގަނޑު ތެރޭގައި ހުރި ކުނިބުޏްނާއި ކާފަރުބުރު ފަދަ ވިނަތައް ސާފުކޮށް ރީތި ކުރުމާއި ފެންގަނޑު ވަށައިގެން ހިނގޭނެ ގޮތަށް ވޯލްކުވޭ ހެދުމެވެ. މި މަސައްކަތުގެ ހުރިހާ މަރުހަލާއެއްގައި ވެސް މަސައްކަތް ކުރަމުންދަނީ ތިމާ ވެއްޓަށް ގެއްލުން ނުވާނޭހެން ބަލައިގެން ވަރަށް ފަރުވާ ތެރިކަމާ އެކުގަ އެވެ.

ރަށުގެ ބޮޑުބައެއްގެ ގޮތުގައި ހިމެނޭ، އެހެންނަމަވެސް ގެއްލިފައިވާ ގުދުރަތީ މާހައުލުގެ އުފާ ރަށުގެ ރައްޔިތުންނަށާއި ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށްވެސް ލިބިގެންދާނީ އެތަން ރައްކާތެރިކޮށް ހިމާޔަތްކުރެވިގެންކަން ޔަގީނެވެ. އެހެނަކަމުން ފަރުދީ ޒިންމާ ނަގައިގެން މިކަމުގެ މަސައްކަތްކުރަމުންދާ މީހުންގެ މަސައްކަތް ބަލައިގަންނަމާތޯއެވެ. އިކޯގާޑަނަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ތަނުގެ ރީތިކަން ނުގެއްލޭ ގޮތަށް އަމަލު ބަހައްޓަމާތޯއެވެ.

 

2 ކޮމެންޓް
Lol.amItheone
ޖެނުއަރީ 5, 2020
Sarukaarun adhi ethytheri vaane adhi. Kudakoh las vaane. Ehee: 1. Sarukaarun thithan bandhu kuraane aammunnah. 2. Sarukarun thithanuge nan badhalukoh konmeves park ehge namuga tharaqqy kuraakan iulaan ku 3. Sarukaarun aa namuga thithan hulhuvaane Ehisaabu thithanah vadhe veynee ves laaribdheegen That is MDP siyaasathu
gardener
ޖެނުއަރީ 5, 2020
Maahaulaa nugulhey lakudin masahkai koffavumun lakudi feevumuge sababun jeheyira bindhaigen gossa hurivattharu jahanee