އެމެރިކާއިގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އަމުރަށް އަވަހާރަކޮށްލާފައިވާ އީރާން އަސްކަރިއްޔާގެ ދެވަނަ އަށް އެންމެ އިސް ވެރިޔާ، މޭޖާ ޖެނެރަލް ސުލެއިމާންގެ މަރުގެ ބަދަލު އެންމެންވެސް ހިފާނެ ކަމަށް އީރާނުގެ ރޫހާނީ ލީޑަރު އާޔަތުއްލާ ޙާމަނީ ވިދާޅުވެއެވެ. ޙާމަނީ މިހެން ވިދާޅުވެފައި މިވަނީ ސުލެއިމާންގެ އަންހެން ދަރިފުޅާއި މިއަދު ބައްދަލުކުރަށްވައި ދެކެވުނު ވާހަކަތަކުގެ ތެރޭގައި އެވެ.
ޙާމަނީ ވިދާޅުވީ ސުލެއިމާން މަރާލުމަކީ އެމެރިކާއިން ހެދި ބޮޑު ގޯހެއް ކަމަށާއި ކުރިޔަށް އޮތް އަހަރުތަކުގައި އެމެރިކާއަށް އޭގެ ބަދަލު ދޭމެ ކަމަށް ޙާމަނީ ވިދާޅުވިއެވެ. ސުލެއިމާން އަވަހާރަކޮށްލުމުން އީރާނުގެ އެތަށް ހާސް ބަޔަކު ހިތާމަފާޅުކުރަމުން ދާއިރު ގިނަ ބަޔަކު ދަނީ އެމެރިމާއަށް މިކަމުގެ ބަދަލު ދިނުމަށް އީރާނުގެ ސަރުކާރަށް ގޮވައިލަމުންނެވެ.
އީރާނާއި އެމެރިކާއި ދެމެދެ ޒަމާނުއްސުރެ ހަމަނުޖެހުންތައް އޮންނައިރު އެމެރިކާއިން އީރާނުގެ އިސް ކޮމާންޑަރެއް މަރާލުމުން މި ހުޅުގަނޑު އިތުރަށް ވަރުގަދަވެގެން ދިޔައެވެ. އެމެރިކާއިން ބުނަމުން ގެންދަނީ އީރާނުގެ ކޮމާންޑަރު މަރާލީ ދެގައުމުގެ މެދުގައި ހަނގުރާމައެއް ފެށުމަށް ނޫންކަމަށް ބުނެފައެވެ.