English Edition
Dhivehi Edition

އެތައް ހާސް ވައްތަރެއްގެ މާ ދުނިޔޭގެ އެކި ހިސާބުތަކުގައި ހުރި އިރު އިނޑޮނޭޝިއާގެ ސުމަޓްރާއިން ދުނިޔޭގައި މިހާތަނަށް ރިކޯޑުކުރެވުނު އެންމެ ބޮޑު މާ ފެނިއްޖެއެވެ. “ރަފަކެސިއާ” ނުވަތަ “ފުރޭތަ މައު” ގެ ނަމުން މަޝްހޫރު މި ގަހުގެ މާ ފެނިފައި ވަނީ އެޤައުމުގެ ތިމާވެއްޓާ ބެހޭ ވުޒާރާގެ އޮފިޝަލުންތަކަށެވެ.

ގަދަ އޮރެންޖު ކުލައެއް ހުންނަ މި މަލުގެ ވަށަމިނުގައި 4 ފޫޓު ހުންނައިރު މި މަލަކީ ދުނިޔޭގައިވެސް މިހާތަނަށް ހޯދުނު އެންމެ ބޮޑު މަލެވެ.

2017 ވަނަ އަހަރުވެސް މީގެ މަލެއް މިތަނުން ފެނިފައިވާއިރު އޭރު ފެނުނު މަލާއި އަޅައިބަލާއިރު މި މަލަކީ އެއަށްވުރެ 4 އިންޗި ބޮޑު މަލެކެވެ. ބޮޑު މަލެއް ހުންނަ މި ގަހަކީ އޭގައި އެއްވެސް މުލެއްވެސް އަދި ފަތެއްވެސް ހުންނަ ގަހަކަށް ނުވާއިރު ގަހަށް ބޭނުންވާ ކާނާ މި ގަސް ހޯދަނީ ކައިރީގައި ހުންނަ ގަސްތަކުގައި ތަތްކޮށްގެން ޕެރަސައިޓެއް ގޮތަށެވެ.

އުމުރުގެ ގޮތުން ބަލާއިރު މި ގަހަކީ ވަރަށް އުމުރު ކުރު ގަހެކެވެ. އެގޮތުން މި ގަހުގެ އުމުރަކީ ގާތްގަނޑަކަށް ދެ ހަފްތާގެ މުއްދަތެވެ.