English Edition
Dhivehi Edition

މެލޭޝިޔާގެ އިމާރާތަކުން ވެއްޓި 3 އަހަރުގެ ދިވެހި ކުއްޖަކު ނިޔާވެއްޖެއެވެ. ރާއްޖޭގެ ފޮރިން މިނިސްޓްރީގެ އޮފިޝަލަކު މިފަދަ ހާދިސާއެއް ހިނގައިގެން އުޅޭކަން ކަށަވަރުކޮށްދީފައިވާއިރު އެ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ މެލޭޝިޔާގެ ކުއަލަ ލަމްޕޫރުގައި ހުންނަ ރާއްޖޭގެ އެމްބަސީން އެ އާއިލާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުން ގެންދާނެ ކަމަށެވެ.

މީސްމީޑިޔާގައި ދައުރުވަމުންދާ ފޮޓޯތަކުން ދައްކާ ގޮތުގައި އިމާރާތުން ވެއްޓި ނިޔާވެފައި ވަނީ ކުޑަ ފިރިހެން ކުއްޖެކެވެ. އެ ކުއްޖާ ވެއްޓިފައި ވަނީ މެލޭޝިޔާގެ ކޮން އިމާރާތަކުން ކަމާއި ވެއްޓުނު ސަބަބު އަދި އެނގިފައި ނުވެއެވެ.

ގިނަ އަދަދެއްގެ ދިވެހީން އާއިލާއާއި އެކު ޗުއްޓީހޭދަކުރުމަށް ދާ އެއް ޤައުމަށް މެލޭޝިޔާ ވެފައިވާއިރު މިއަދު ހިނގި މި ހިތާމަވެރި ހާދިސާގެ މައުލޫމާތު ކަމާގުޅޭ އެއްވެސް ފަރާތަކުން ރަސްމީ ގޮތަކަށް ހާމަކޮށްފައެއް ނުވެއެވެ.

ޓެގު