English Edition
Dhivehi Edition

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑަށް އުފުލިއްޖެއެވެ. ތެލުގެ އަގު އުފުލިފައި މިވަނީ އެމެރިކާއިން ދިން ވައިގެ ހަމަލާއެއްގައި އީރާނުގެ އަލް-ގުދުސް ފޯސްގެ ކޮމާންޑަރަކު އަވަހާރަ ކޮށްލުމާއި ގުޅިގެންނެވެ. ވައިގެ ހަމަލާގައި އަވަހާރަ ކޮށްލާފައި ވަނީ ޣައްސާމް ސުލައިމާން ނަމަކަށް ކިޔާ ޖެނެރަލެކެވެ.

މިކަމާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ 4 އިންސައްތަ އުފުލިފައެވެ. އެގޮތުން ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު އުޅެނީ 69.16 ޑޮލަރަށް އިތުރުވެފައެވެ. މިއީ އިއްޔެ ތެލުގެ އަގު ހުރި މިންވަރާއި އަޅައިބަލާއިރު 3 ޑޮލަރުގެ އިތުރުވުމެކެވެ.

ދުނިޔޭގެ ބާޒާރުގައި އެންމެ ފަހަށް ކަންބޮޑުވާ މިންވަރަކަށް ތެލުގެ އަގު އުފުލިފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު ހިސާބުގަ އެވެ. މެދުއިރުމަތީގެ ޤައުމަކަށް ކުރިމަތިވާ މިފަދަ ކޮންމެކަމެއްގެ ސަބަބުން ތެލުގެ އަގު ބޮޑު ކުރެއެވެ. އަދި މިކަމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ވެސް ތެލުގެ އަގު އުފުލިގެން ދެއެވެ.