English Edition
Dhivehi Edition

7 ވަނަ ކޮމަންވެލްތު ޔޫތު ގޭމްސްގައި ރާއްޖެ ތަމްސީލުކުރާ ފެތުންތެރިން ހޮވައިފިއެވެ.

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނީ 7 ވަނަ ކޮމަންވެލްތު ޔޫތު ގޭމްސްގައި ދިވެހިރާއްޖެ ތަމްޞީލުކުރާ ތިން ފެތުންތެރިން ހޮވާފައިވާ ކަމަށެވެ.

އެ އެސޯސިއޭޝަނުން ބުނީ ފެތުންތެރިން ހޮވާފައިވަނީ އެކަމަށްޓަކައި ބޭއްވުނު ޓްރަޔަލްގެ ނަތީޖާއަށްބަލައިގެން ކަމަށެވެ.

އެ ނަތީޖާއަށް ބަލާއިރު، މި މުބާރާތުގައި ދިވެހިރާއްޖެ ތަމްޞީލް ކުރުމަށް ހޮވިފައިވަނީ 3 ފެތުންތެރިން ކަމަށާއި އެއީ މިރާލް ޢައިން ލަޠީފް، އީން ޢައްބާސް ޝަރީފް އަދި މުޙައްމަދު ރިހާން ޝިޙާމް ކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ.

މިއަހަރުގެ އޮގަސްޓު މަހުގެ 4 ން 11 އަށް މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ޓްރިނިޑޭޑް އެންޑް ޓޮބޭގޯގެ ޓްރިންބާގޯގައެވެ.