English Edition
Dhivehi Edition

ބާސެލޯނާ ޒުވާން ތަރި ބްރެޒިލްގެ ފޯވާޑް ނެމާ ކްލަބްގައި މަޑު ކުރުމުގެ ފުރުސަތު ކުޑަ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެފިއެވެ.

މީޑިޔާ ރިޕޯޓްތައް މިހެން ބުނެފައި ވަނީ ނޭމާ އާއި ގާތް ގުޅުމެއް އަބަދުވެސް ބާއްވަމުންދާ ބްރެޒިލް ގައުމީ ޓީމް އަދި ކުރީގައި ނެމާ އާއި އެކު ބާސެލޯނާއަށް ކުޅުނު ޑެނީއަލްވޭސް ފޮނުވި މެސެޖްއަކާއި ގުޅިގެންނެވެ. އަލްވޭސް ވަނީ މިދިޔަ ސީޒަންގައި ހިލޭ ޓްރާންސްފާއެއްގައި އިޓަލީގެ ޖުވެންޓަސްއަށް ކުޅުމަށް ފަހު މިސީޒަންގައި ފްރާންސްގެ ޕީއެސްޖީއަށް ބަދަލުވެފައެވެ.

ހޮނިހިރު ދުވަހު ނޭމާއަށް ސީދާ ފޮނުވި މެސެޖްއެއްގައި އަލްވޭސް ބުނެފައިވަނީ”ދުނިޔޭގައި އުޅޭއިރު ވަރަށް ވިސްނުން ތޫނު ކުރަންޖެހޭނެކަމަށާއި އެނާ ކުރިއަށް ދިއުމަށް އެޅި ފިޔަވަޅުތަކާއި މެދު ވިސްނާލުމަށެވެ”.

ފުރާންސްގެ ޕީއެސްޖީއިން ވަނީ ދުނިޔޭގެ ރިކޯޑް އަދަދެއް ކަމުގައިވާ 200 މިލިއަން ނޭމާ ބާސެލޯނާއިން އެކުލަބައަށް ގެންދިއުމަށް ނޭމާއަށާއި ނޭމާގެ ބައްޕައަށް ހުށައަޅާފައެވެ. މި ވަރުގެ ހުށައެޅުން ތަކެއް ނޭމާއަށް ހުށައަޅާފައި ވާއިރު ނޭމާ ވަނީ ދާދިފަހުން ބާސެލޯނާގެ ޕްރެކްޓިސްގައި ކުޅުންތެރިޔަކާދެމެދު ހިނގި ހަމަނުޖެހުމެއްގައި ޕްރެކްޓިސް ދަނޑުން ގޮސްފައެވެ. އެހެންނަމަވެސް ނޭމާ ވަނީ އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ބާސެލޯނާ ކުޅުނު ހުރިހާ މެޗުތަކެއްގައި ބައިވެރިވެ މޮޅު ކުޅުމެއް ދައްކާފައެވެ.

ބާސެލޯނާއިން މިހާރުވަނީ ނެމާ ކުލަބްގައި މަޑުކުމާއި މެދު ގޮތެއް ނިންމުމަށް ނެމާއަށް އެއް ހަޕްތާ ދުވަހުގެ މުއްދަތެއް ދީފައެވެ.

ޕީއެސްޖީއިން ހުށައަޅާފައިވާ ބޮޑުގެ އަގު ސަބަބުން މިހާރު ބާސެލޯނާއިން ވަނީ ނޭމާގެ ބަދަލުގައި އެޓީމައަށް އެހެން ފޯވާޑެއް ހޯދުމުގެ މަސައްކަތް ފަށާފައެވެ.މި ގޮތުން ބާސާއިން ވަނީ ލިވަޕޫލްގެ ކައުޓީނިއޯ،ޖުވެންޓަސްގެ ޑައިބަލާ އަދި އެތްލެޓިކޯ މެޑްރިޑްގެ ގުރީޒްމަންއަށް ބިޑްކޮށްފައެވެ.