ނ. މާޅެންދޫއިން ބަލި މީހަކު ގޮވައިގެން ފުރަން އުޅުނު ސީ އެމްބިއުލާންސެއް ބަންޑުން ޖަހާލައިފި އެވެ.
މާޅެންދޫ ކައުންސިލްގެ ރައީސް، މުޙައްމަދު ޝާހު މިއަދު ވިދާޅުވީ ބަލިމީހަކު ގޮވައިގެން މާޅެންދޫ އިން ފުރަން އުޅުމުގެ ތެރޭގައި ސީ އެމްބިއުލާންސެއް ހިލަ ތޮށްޓަށް އަރައި ބަންޑުން ޖަހާލާފައިވާ ކަމަށެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި އެ ހާދިސާ ހިނގާފައިވަނީ ރޭ ފަތިހު 05:30 ހާއިރު އެވެ.
N. Maalhendhoo in fathihu 5:30 haalu bodu bali meehaku govaagen Sea Ambulance nukunnani koh kandihma mahchah araafi. @VaguthuOnline @Mihaarunews @Ch13official @sunbrk pic.twitter.com/aojeJgunhb
— #FreePresidentYameen@DAA (@MohamedShaahee1) December 31, 2019
އެ ހާދިސާ ހިނގިއިރު ސީ އެމްބިއުލާންސްގެ ތެރޭގައި ބަލި މީހާ އާއި ނަރުހުންނާއި އެހީތެރިން ތިބި ނަމަވެސް، އެމީހުން ފުރުވަން ބަނދަރު މައްޗަށް އަރައި ތިބި މީހުން ވަނީ އަނިޔާއެއްވުމުގެ ކުރިން އެމްބިއުލާންސްގައި ތިބި މީހުން ސަލާމަތްކޮށްފަ އެވެ.
އެ ހާދިސާ ހިނގިތާ މާގިނައިރެއް ނުވަނީސް ބަލި މީހާ ފުލުހުންގެ ލޯންޗެއްގައި މަނަދޫއަށް ގެންގޮސްފައިވާއިރު، އެކްސިޑެންޓްވި ސީ އެމްބިއުލާންސް ވަނީ މިހާރު މާޅެންދޫ ފަޅު ތެރެއަށް އަޑިއަށް ގޮސްފައެވެ.
އެ ހާދިސާއާއި ގުޅިގެން އެމްއެންޑީއެފް އިން ބުނީ ސީ އެމްބިއުލާންސެއް ބަލި މީހަކު ގޮވައިގެން މާޅެންދޫ ނެރުން ނިކުންނަން އުޅެނިކޮށް، ބާނީ ބޮޑުވެ ޖެހި ރާޅަކާ އެކީ ނެރު ތޮށިގަނޑުގައި ޖެހި ލޯންޗްގެ ދަށުން ފަޅައިގެން ގޮސް ދިޔަވެ އަޑިއަށް ދިއުމާއި ގުޅިގެން، އެ ލޯންޗް ނެގުމުގެ މަސައްކަތް އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑްގެ ޑައިވަރުން ކުރަމުންދާ ކަމަށެވެ.
Sea Ambulance eh balimeehaku govaigen N.Maalhendhoo nerun nikunnan ulhenikoh, baani boduve jehi raalhakaa ekee neru thoshigandugai jehi launch ge dhashun falhaigen gos dhiyave adiyah dhiumaa gulhigen, mi launch negumuge masakkai MNDF NA CG ge divarun dhanee kuramun.
— Maldives National Defence Force (@MNDF_Official) December 31, 2019