English Edition
Dhivehi Edition
ހޮނޑާފުށި ރިސޯޓުގެ ވަޒީފާއިން ވަކިކުރި މުވައްޒަފު އަޙްމަދު ޝިމްހާޒު - ފޮޓޯ: ފޭސްބުކް

ހދ. ހޮނޑާފުށި ރިސޯޓުން ވަކިކުރި މުވައްޒަފެއް ކަމަށްވާ ތ ގުރައިދޫ އަހުމަދު ޝިމްހާޒްގެ މަައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅަން ނިންމައިފިއެވެ.

ޝިމްހާޒު ވަޒީފާއިން ވަކިކޮށްފައިވަނީ ފޭސްބުކް ޕޭޖްއެއް ކަމަށްވާ “ރިސޯޓް ބޯއިޒް އޮފް މޯލްޑިވްސް” އާ ގުޅުން ބާއްވައި ރިސޯޓްގެ އަގު ވެއްޓޭ ގޮތަށް ވާހަކަ ދައްކާކަމަށް ތުހުމަތުކޮށެވެ.

ހޮނޑާފުށީގައި ސެކިއުރިޓީ އޮފިސަރެއްގެ ގޮތުން ހަރަކާތްތެރިވާ ޝިމްހާޒް، ރޭ ވަޒީފާއިން ވަކިކޮށްފައިވަނީ އެއް މަސް ދުވަހުގެ މުސާރައަކާއި އެކުގައެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ މުވައްޒަފުންގެ ހައްގުގައި ވަކާލާތު ކުރާ ރާއްޖޭގެ ޖަމިއްޔާ ޓުއަރިޒަމް އެމްޕްލޯއީ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް)އިން ” އޭއޯ ނިއުސް” އަށް މައުލޫމާތު ދެމުން ބުނެފައިވަނީ ޝިމްހާޒް ވަކިކުރި މައްސަލަ ޓްރައިބިއުނަލް އަށް ހުށަހަޅަން ކުރަން ޖެހޭ މަަސައްކަތްތައް ކުރުމަށް މިހާރު ތައްޔާރުވަމުންދާ ކަމަށެެވެ.

ޝިމާޒް ބުނީ އޭނާ ވަޒީފާއިން ވަކިކުރިފަހުން ގިނަ ފަރާތްތަކުން ވަޒީފާތަކާއި އެކި އެހީތައް އޭނާއަށް ހުށަހަޅަމުންދާ ކަމަށެވެ. ނަމަވެސް އޭނާ ބުނީ މިވަގުތު އެންމެ މުހިންމީ އޭނާގެ މައްސަލަ ހައްލުކުރުން ކަމަށެވެ

ހދ. އަތޮޅުގައި ތަރައްގީކުރި ފުރަތަމަ ރިސޯޓް، ހޮނޑާފުށި އައިލެންޑް ރިސޯޓްގައި ސާވިސްޗާޖުގެ ގޮތުގައި ނޮވެމްބަރ މަހުގެ ގޮތުގައި ބަހަން ނިންމާފައިވަނީ 11 ޑޮލަރު (169.62 ރުފިޔާ) ކަމަށް އެރިސޯޓުގައި މަސައްކަތްކުރާ މުވައްޒަފުން ވަނީ ބުނެފައެވެ.