ސަރވިސް ޗާޖާއި އޮޑިޓުން މައްސަލަ ފާހަގަވި ރިސޯޓުތަކަށް ފިޔަވަޅު އަޅުއްވާނެ ކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް، އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
މިއަދު ހަވީރު ކުރެއްވި ޓްވީޓެއްގައި މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ޓޫރިޒަމް އެމްޕްލޮއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އާއި ލޭބަރ ޕާޓީގެ އިންޒާރުތަކަށް، ކޮންމެ ރިސޯޓެއްގެ މެނޭޖްމަންޓުން ޓީމްއަށް، ސްޓާފެއްގެ ބޮލަށް 6.50 ޑޮލަރު ދައްކަން މަޖުބޫރު ކުރުވާ ސިޓީއެއް ނުދެއްވާނެ ކަމަށެވެ.
Aslu issue dhehtho?
TEAM/Labour partyge threats thakah, konme resortehge managementun TEAMah, staffeh ge bolah 6:50 dollaru dhakkan majubooru kuruvaa sitee eh alhugandu nudheynan. Service charge aa audit in massala faahagavi resort thakah due process followkoh fiyavalhu alhaanan.— Ali Waheed (@ali20waheed) January 1, 2020
“ސަރވިސް ޗާޖާއި އޮޑިޓުން މައްސަލަ ފާހަގަވި ރިސޯޓުތަކަށް ޑިއު ޕްރޮސެސް ފޮލޯކޮށް ފިޔަވަޅު އަޅާނަން”، މިނިސްޓަރ ވިދާޅުވި އެވެ.
މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ އެއްވެސް ރިސޯޓެއްގެ މެނޭޖްމަންޓަކާއެކު، އެ ރިސޯޓުގެ މުވައްޒަފަކު އެއްބަސްވުމެއް ހެދުމަކަށް ޓޫރިޒަމް މިނިސްޓްރީން ހުރަހެއް ނާޅާނެ ކަމަށެވެ.
E resortehge management akaa e muvazafakaa e fadha arrangement eh hedhumakah ministry huraheh naalhaane. Raajjeyga massaiykaiy kuraa dhivehi adhi beyru muvazaffunnah biru dhekkumuge furusathu evves faraathakah noannaane. Mivee 1 aharu alhugandu kuri massaiykaiy olhuvaanuleveyne??
— Ali Waheed (@ali20waheed) January 1, 2020
އަދި ރާއްޖޭގައި މަސައްކަތްކުރާ ދިވެހި އަދި ބޭރު މުވައްޒަފުންނަށްވެސް ބިރު ދެއްކުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނޯންނާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވި އވެ.
“މިވީ އެއް އަހަރު އަޅުގަނޑު ކުރި މަސައްކަތް އޮޅުވާނުލެވޭނެ”، އަލީ ވަހީދު ވިދާޅުވި އެވެ.
މިނިސްޓަރ މިމޭރުމުން ޓްވީޓް ކުރައްވާފައިވާއިރު، މި ހަފްތާގެ ތެރޭގައި ހޮނޑާފުށި އައިލެންޑް ރިސޯޓުން ސަރވިސް ޗާޖުގެ ގޮތުގައި ދިނީ އެންމެ 11 ޑޮލަރު (169.62ރ.) ކަމަށް ބުނުމުން، އެ ރިސޯޓުގެ ސެކިއުރިޓީ ގާޑަކަށް ހުރި އަޙްމަދު ޝިމްހާޒު އިބްރާހިމް ވަޒީފާއިން ވަކިކުރި މައްސަލައާއި ގުޅިގެން، ރިސޯޓު މުވައްޒަފުންނަށް ދޭ ސަރވިސް ޗާޖު ކުޑަވުމުން ގިނަ މުވައްޒަފުންތަކެއް ވަނީ އެކަމާއި ދެކޮޅަށް އަޑު އުފުލައި، މިނިސްޓަރގެ އިސްތިއުފާއަށް ގޮވާލައިފަ އެވެ.
ޝިމްހާޒު ވަޒީފާއިން ވަކިކޮށްފައިވާކަން އެނގުނީ އޭނާ އެކަން ބަޔާންކޮށް އެހީއަށް އެދި އޭނާ ޓީމް އަށް ފޮނުވި މެސެޖު އާންމުވުމާއި ގުޅިގެންނެވެ.
އެގޮތުން އެހީއަށް އެދި ޓީމް އަށް ފޮނުވި މެސެޖުގައި ޝިމްހާޒު ބުނެފައި ވަނީ އޭނާ ހޮނޑާފުށީގައި ހުރީ ވަރަށް ހާލުގައި ކަމަށާއި، ވަގުތުން ވަގުތަށް އޭނާ ބޭރުކުރަން ރިސޯޓުން ނިންމާފައިވާ ކަމަށެވެ. އަދި އޭނާ ފަރުވާ ކުޑަ ކަމަށް ބުނެ އޭނާ ލައްވައި ވަޒީފާއިން ވަކިކޮށްފައިވާ ކަމުގެ ސިޓީގައި ސޮއި ކުރުވަން އުޅުނު ކަމަށާއި، ނަމަވެސް އެ ސިޓީގައި އޭނާ ސޮއި ނުކުރާ ކަމަށްވެސް ޝިމްހާޒު ވަނީ ބުނެފައެވެ.
މީގެ އިތުރުން ޝިމްހާޒުގެ މެސެޖުގައި ބުނެފައި ވަނީ އޭނާ އަކީ ވަރަށް ދުރު ހިސާބެއްގެ މީހެއް ކަމުން، އޭނާއަށް ރިސޯޓު ކައިރި ރަށަކުން އަޅާލާނެ އެއްވެސް މީހަކު ނުހުންނާނެ ކަމަށާއި، އޭނާގެ އެއްވެސް ކުށެއް ނެތި ރިސޯޓުން ކަނޑާލާފައިވާއިރު، ރިސޯޓުން މަނާކުރާ އެއްވެސް ކުށެއް ކޮށްފައި ނުވާނެ ކަމަށްވެސް ޝިމްހާޒު ވަނި ބުނެފަ އެވެ.