ކ.ތިލަފުށީ ފަޅު ތެރޭ އޮތް ލޯންޗެއްގައި ރޯވެ ހިނގި އަލިފާނުގެ ޙާދިސާއެއްގައި ބިދޭސީއަކު ފިހިގެން ފަރުވާ ދެމުން އެބަދެއެވެ.
ތިލަފުށީ އަލަށް ހިއްކި ސަރަޙައްދުގެ މޫދުގައި އަޅާފައި އޮތް ލޯންޗެއްގައި އަލިފާން ރޯވެގެން ހިނގި މިޙާދިސާގައި ލޯންޗުގެ ގެގަނޑު އެއްކޮށް އަނދާފައިވާއިރު ކައިރީގައި އަޅާފައި އޮތް ދޯންޏަކަށް ވެސް އެކި ވަރުގެ ގެއްލުން ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.
މިއަދު 11.47 ގައި ހިނގި މިޙާދިސާގައި ތިލަފުށި ފަޔާރ ސްޓޭޝަންގެ ސިފައިންނާއި ،ފުލުހުން ކުރި މަސައްކަތުން އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއްވައެވެ. މިޙާދިސާގައި ފިހުނު ބިދޭސީ މީހާވަނީ ފަރުވާއަށް މާލެ ގެނެސްފައެވެ.