English Edition
Dhivehi Edition
ބިންވެރިޔާ ދެވަނަ ފިޔަވަހިން ބިން ދޫކުރުމަށް ހަމަޖެހިފައިވާ އުތުރު ތިލަފަޅު/ފޮޓޯ ޕީއެސްއެމް

ތިލަފުށީގައި ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން މާލެ ސަރަހައްދުގެ ކުނި އުކާލުމުގެ ހިދުމަތަށް ބުރޫއަރައި، ޓްރާންސްފަރ ސްޓޭޝަންތަކުން ކުނި ބަލައިގަންނަ މިންވަރު މަދުކުރަން މަޖުބޫރުވެއްޖެ ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބުނެފިއެވެ. މި ހާދިސާ ހިނގާފައިވަނީ ތިލަފުށީގައި ހުންނަ އެ ކުންފުނީގެ ކުނި މެނޭޖުކުރާ މައި ސައިޓުގައެވެ.

ވެމްކޯއިން ބުނި ގޮތުގައި އަލިފާނުގެ ހާދިސާއާ ގުޅިގެން ތިލަފުށީ ސައިޓުގެ ބައެއް ސަރަހައްދުތައް ބަންދުކުރަން ޖެހުމުގެ ސަބަބުން، ދުވަހުން ދުވަހަށް ދެމުން އަންނަ ހިދުމަތްތަކަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ. އެގޮތުން މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގެ ޓްރާންސްފަރ ފެސިލިޓީތަކުގެ އޮޕަރޭޝަންތަކަށް އަސަރުކޮށް، އެ ތަންތަނުން ކުނި ބަލައިގަންނަ މިންވަރު މަދުކުރަން ވަނީ މަޖުބޫރުވެފައެވެ.

އެ ކުންފުނިން އަންނަނީ ތިލަފުށީ ސައިޓުގެ އޮޕަރޭޝަންތައް ކުރީގެ ހާލަތަށް އިއާދަކުރުމަށްޓަކައި ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ހިދުމަތް ދެމުންދާ ހުރިހާ ސައިޓުތަކެއްގެ ހާލަތު ބެލުމަށްފަހު، އާންމުންނަށް ދިމާވާ ދަތިތައް ކުޑަކޮށް، ހިދުމަތްތައް އަވަހަށް އާދައިގެ ހާލަތަށް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ވެމްކޯއިން ބުންޏެވެ. މި މުއްދަތުގެ ތެރޭގައި ދިމާވެދާނެ ދަތިތަކަށްޓަކައި އެ ކުންފުނިން ވަނީ އާންމުންގެ ކިބައިން މާފަށް އެދިފައެވެ.

 

ޓެގު