English Edition
Dhivehi Edition
ސިޓީތަކުގެ އިންތިޚާބީ ދާއިރާތަކުގެ ގުރު ނެގުން - ފޮޓޯ: ސަލްވީން (އަވަސް)

ލޯކަލް ކައުންސިލް އިންތިޚާބު 2020 ގައި އަންހެނުންނަށް ދާއިރާ ކަނޑަ އެޅުނު ގޮތުން، އެއްމެ ބޮޑު ޚިޔާލު ތަފާތުވުން އުފެދިފައި އޮތް އައްޑޫސިޓީގެ ރައްޔިތުން، އަންހެން ކަނބަލުން ބާރުވެރިކުރުވަން ބޭނުންތޯ އިލްކެޝަން ކޮމިޝަންގެ ރައީސް ސުވާލު އުފައްދައިފިއެވެ.

މިރޭގެ ސަންގްޓީވީގެ “ޚަބަރަށްފަހު” ޕްރޮގްރާމްގައި އިލެކްޝަން ކޮމިޝަނުގެ ރައީސް ޝަރީފް ވަނީ އައްޑޫސިޓީގެ ބޭފުޅުންނަށް ނިޞްބަތްކޮށް މިސުވާލު އުފައްދަވާފައެވެ.

“އަޅުގަނޑު ކުރަން ބޭނުންވާ ސުވާލަކީ އަންހެނުން ކުރި އެރުވުމަށް ޓަކައި ނުވަތަ ބާރުވެރި ކުރުމަށްޓަކައި ލޯކަލް ކައުންސިލް އިންތިޚާބުގައި އަންހެނުންނަށް ރިޒާވް ސީޓްތައް ދޭން ހަމަ ބޭނުންހޭ، ބޭނުމިއްޔާ ކީއްވެހޭ ދެކޮޅު ހަދަނީ؟”

މިއަހަރުގެ ލޯކަލް ކައުންސިލް އިންތީޚާބަށް އަންހެނުންނަށް%33 ގޮނޑި ރިޒާވް ކުރުމުން އެއްމެބޮޑަށް ހިތްހަމަ ނުޖެހުމެއް އުފެދި އަދި އެއްމެ ބޮޑަށް ސިޔާސީ މަސްރަޙް ހޫނުވެފައިވަނީ ސިޓީތަކުގައެވެ. މިގޮތުން އެއްމެ ބޮޑަށް އަޑުގަދަވެފައިވަނީ އައްޑޫ ސިޓީގެ ބޭފުޅުންގެ މެދުގައިކަންވެސް ޝަރީފްވަނީ ފާހަގަ ކުރައްވާފައެވެ.

އިލެކްޝަން ކޮމިޝަންގެ ރައީސް ހާމަކުރެއްވި ގޮތުގައި ހަޤީގަތުގައި މިއީ އެއްވެސް މައްސަލައެއް ޖައްސަން އޮތް ކަމެއް ނޫންކަމަށާއި، ސަބަބަކީ، މިފަހަރު އަންހެނުން ކަނޑައެޅުނު ދާއިރާތަކަށް މިއަންނަ ދައުރުގައި ކުރިމަތި ލެވޭނީ ހަމަ އެކަނި ފިރިހެންނަށް ކަމަށްވާތީއެވެ.

އަދި މިކަމަކީ ލާމަރުކަޒީ ބިލަށް އިޞްލާހް ގެނައުމަށް މަޖްލިސް ކޮމިޓީ މަރުޙަލާގައި މަޝްވަރާ ކުރެވުނު އިރު ވަރަށް ބޮޑަށް މަޝްވަރާކުރެވި، މަޖްލިސް މެމްބަރުންނާއި ޤާނޫނީ ވަކީލުންގެ ލަފަޔާއި އެއްކޮށް ގެނެވިފައިވާ އިޞްލާޙެއްކަން ވެސް ޝަރީފް ވަނީ ހާމަކުރައްވާފައެވެ.

އަދި އަންހެނުންނަށް ގޮނޑިތައް ކަނޑައަޅާފައިވަނީ ރާއްޖޭގައި އެކަނި ނޫންކަންވެސް ވަނީ ފާހަގަކުރައްވާފައެވެ. ދާއިރާތަކަށް އަންހެންބޭފުޅުން ކަނޑައެޅީ ގުރުއަތުންނެވެ. މިގުރުއަތު ނެގުމުގައި އެއްވެސް މަކަރެއް ހަދާފައި ނުވާނެ ކަމަށާއި ގުރުނަގާފައިވަނީ ލައިވްކޮށް މުޅިރާއްޖެއަށް ފެންނަ ގޮތަށް ކަންވެސް ޝަރީފްވަނީ ހާމަކޮށްފައެވެ.

ހަމަ އެކަނި އަންހެނުންނަށް ގޮނޑި ކަނޑައެޅުނު ދާއިރާތަކުގެ ފިރިހެންވެރިންނާއި އެހެނިހެން ފަރާތްތަކުން އެކަމާއި ހިތްހަމަނުޖެހިގެން އެކިއެކި ޕްލެޓްފޯރމް ތަކުގައި މަޝްވަރާކޮށް،ޝުޢޫރު ފާޅުކޮށް ހަދަމުންދާއިރު، ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ސިޓީތަކުން އަންހެނުންނަށް ހާއްސަކުރި ދާއިރާތަކުގެ ތެރެއިން އައްޑޫ ސިޓީ މީދޫ ދާއިރާގެ ގޮނޑިއަށް ކުރިމަތިލުމަށް ކުރިން ނިންމާފައިވާ ނަޢުމާ ޢަބުދުﷲ ވަނީ އެދާއިރާގެ ފިރިހެނުންގެ ޙައްޤު ގެއްލޭކަމަށް ބުނެ ދާއިރާގެ ގޮނޑިއަށް ކުރިމަތި ނުލާން ނިއްމާފައެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ބައެއް ދާއިރާތަކުގެ ގޮނޑިތަކަށް ފިރިހެނުންނަށް ކުރިމަތި ނުލެވޭ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ނިއްމާފައިވާކަމަށް ޖުމްހޫރީ ޕާޓީގެ ޒުވާނުންގެ ގޮފީގެ ކުރީގެ ރައީސް މޫސާ އަންވަރުވަނީ މިދިޔަ ހަފްތާގައި ބުނެފައެވެ.

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި، ސިޓީ ކައުންސިލްތަކުން ކަނބަލުންނަށް ހާއްސަކުރެވިފައިވާ ދާއިރާތަކަކީ:

މާލެ ސިޓީ:

މާލެ ސިޓީ-2

މާލެ ސިޓީ-4

މާލެ ސިޓީ-9

މާލެ ސިޓީ-12

މާލެ ސިޓީ-14

މާލެ ސިޓީ-18

އައްޑޫސިޓީ

އައްޑޫ ސިޓީ-3

އައްޑޫ ސިޓީ-6

އައްޑޫ ސިޓީ-8

އައްޑޫ ސިޓީ-12

ފުވައްމުލައް ސިޓީ:

ފުވައްމުލައް ސިޓީ-1

ފުވައްމުލައް ސިޓީ-4

ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖައްސާފައިވަނީ އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހުއެވެ. އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު، ފާސްކޮށްފައިވަނީ މިޑިސެންބަރ މަހުގެ ފަސްވަނަ ދުވަހުއެވެ.

2 ކޮމެންޓް
ހުވަފެން
ޑިސެމްބަރު 29, 2019
އަމެއްލަައެދުން ކުރިޔައް ނުކުއްމަގެންހިގާ 2 ފިރިހެނަކާކީ މިޅިއައްޑޫ ރައްޔަތުންނަކައްނިވޭހެއް. މި2ވެރިން މިޅިން އެލެކްޝަންސުން ކަންކަން ނިނިއްމާތިކޮއް ކެމްޕޭންކޮއްގެން ބާކިންމިވެންނައް ވޯޓުދެރެފޭހެއްކަމައްހީވުމަކީ ޤާނޫންލާޒިމްކެރާކަމައް ނިކެރާއްޖެހޭސަބަބައްނުން. ކޮއްމިލެކަކުނަސް މައްމުޅުހޯދާއްވޭޑުމަކީ ފެށުމުގައިޔަސް އިޚްލާސްތެރިކަންހިށިވަރަ އެގިގޭކަމައް.
ނަފީސާ
ޑިސެމްބަރު 29, 2019
ކޮންމެ ކަމެއްގައިވެސް އައްޑޫ މީހުން މޮޔަހެއްދުންނޫންކަމެއް ސަރުކާރުތަކުން ނުކުރޭ