English Edition
Dhivehi Edition

ޕްރިމިއާ ލީގު ދެބައިވެގެން ދާއިރު، އެޓީމު ޕޮއިންޓް ތާވަލުގައި ދައްވެގެން އުޅެނީ، ޓޭބަލްގެ މެދުތެރޭ ޓީމްތަކަށް މާބޮޑަށް ދޫދެވޭތީ ކަމަށް މެންޗެސްޓަރ ޔުނެއިޓެޑްގެ ޖެސީ ލިންގާޑް ބުނެފިއެވެ.

ޓޭބަލްގެ އައްވަނަ މަޤާމުގައި އޮތް ޔުނެއިޓެޑްގެ އާދައިގެ ކުޅުމާއި ބެހޭ ގޮތުން ލިންގާޑް ބުނެފައިވަނީ، އެޓީމުން މެދުތެރޭ ޓީމުތަކާއި އެކު ކުޅޭ މެޗްތަކަށް އަރާއިރު މެޗް މާފަސޭހަ ކޮށްލެވޭ ކަމަށެވެ. ޔުނައިޓެޑުން މިހާތަނަށް ލީގުގައި ކޫޅުނު މެޗުތަކަށް ބާލާއިރު، ސިޓީ އަދި ޓޮޓެންހަމް ހޮޓްސްޕަރ ފަދަ ޓޭބަލްގެ ކުރީގައި އުޅޭ ޓީމުތަކާއި ކުޅެ ވަނީ މޮޅުވެފައެވެ. ނަމަވެސް ވެސްޓް ހަމް، ކްރިސްޓަލް ޕެލަސް އަދި ވަޓްފޯޑު ކަހަލަ ޓީމުތަކާއި ކުޅެ ވަނީ ބަލިވެފައެވެ.

ލިންގާޑް ޑެއިލީ މެއިލް އަށް ދިން އިންޓަވިއުގައި ބުނީ ” އަހަންނަށް ފެންނަ ގޮތުގައި އެއީ މެޗަށް އަރާއިރު ކުޅުންތެރިންގެ ވިސްނުމުގެ މައްސަލައެއް ކަންނޭނގެ. މެޗަށް މިއަރަނީ، މެޗުން މޮޅުވެއްޖެ ކަމަށް ހަދާފަ ” އެވެ. އޭނާ އިތުރަށް ބުނި ގޮތުގައި އޭނާ އަށް މިފަދަ މެޗުތަކުން ޔުނެއިޓެޑް ބަލިވާން ޖެހޭ އެއްވެސް ސަބަބެއް ނުފެންނަ ކަމަށެވެ.

ޔުނައިޓެޑް ވަރުގަދަ ޓީމުތަކާޢި އެކު ކުޅޭ އިރު، ކައުންޓަރ އެޓޭކު ވަރުގަދަ އަށް ކުރެއެވެ. އަދި މިގޮތަށް މެޗުތަށް ހޯދާފައިވެސް އެބަހުއްޓެވެ. އެހެންނަމަވެސް ޑިފެންސަށް ކުޅޭ ދަށް ޓީމުތަކާއި އެކު ޔުނެއިޓެޑަށް މާރަނގަޅު ކުޅުމެއް ނުދެއްކެވެ. މީގެ އިތުރުން ލިންގާޑް ޙުދު މާރަނގަޅު ކުޅުމެއް މިސީޒަނުގައި ދެއްކިފައި ނެތެވެ.

މިކަމާއި ގުޅިގެން އޭނާ ބުނީ، މިހާރު ފޯމަށް އެޅެމުންދާ ހެން ހީވާ ކަމަށެވެ. އޭނާ ބުނީ ކުޅުމުގެ ފެންވަރު އަބަދުވެސް ބަދަލުވާނެ ކަމަށާއި، ކޯޗުގެ އިރުޝާދާއި އެކު ރަނގަޅަށް މަސައްކަތް ކޮށްގެން މިހާރު ފޯމަށް އެޅިފައިވާ ކަމަށް ޤަބޫލު ކުރާ ކަމަށެވެ.

ޔުނައިޓެޑް ލީގުގައި ދެން ކުޅެން ހަމަ ޖެހިފައިވަނީ، ނިއުކާސަލް އާއި އެކުގައެވެ. އެމެޗަށް ޔުނައިޓެޑް ނިކުންނަ އިރު އެޓީމު ވަނީ އެންމެ ފަހުން ނިއުކާސަލް އާއި އެކު އެޓީމުން ކުޅުނު މެޗުން 1-0 އިން ބަލިވެފައެވެ.