English Edition
Dhivehi Edition
މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗެއްގެ ތެރެއިން. --ފޮޓޯ: އޭޕީ

އެފްއޭކަޕްގެ ހަތަރުވަނަ ބުރުގައި އިނގިރޭސި ގަދަ ދެ ބާރުކަމަށްވާ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ލިވަޕޫލް ނިކުންނާން ޖެހިއްޖެއެވެ.

ލިވަޕޫލުން އެ މުބާރާތުގެ ހަތަރުވަނަ ބުރުން ޖާގަ ހޯދީ މިދިޔަ ހުކުރު ދުވަހުގެ ރޭ އެސްޓަން ވިލާގެ ޒުވާން ޓީމާ ދެކޮޅަށް ކުޅުނު މެޗުން 4-1 އިން މޮޅުވެގެންނެވެ. މި މުބާރާތުގައި ދެވަނަ އަށް އެންމެ ކާމިޔާބު ޓީމުކަމަށްވާ ޔުނައިޓެޑުން އަނެއް ބުރަށް ދަތުރުކުރީ ދެވަނަ ޑިވިޝަނުގައި ކުޅެމުން އަންނަ ވަޓްފޯޑްގެ މައްޗަށް 1-0 އިން ހޯދީ މޮޅާއެކުއެވެ.

މި މުބާރާތުގައި ދެން ކުޅެވޭ އިތުރު މެޗުތަކަށް ބަލާއިރު، އެންމެ ފަހުގެ ޗެމްޕިއަން އާސެނަލް ނިކުންނާނީ ސައުތެމްޓަނާ ޝްރޫސްބަރީ ކުޅުގެން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. ޗެލްސީގެ ދަނޑުގައި ޗެމްޕިއަންޝިޕްގައި ވާދަކުރަމުން އަންނަ ލޫޓަންއާ ދެކޮޅަށް އެ ޓީމު ނިކުންނައިރު، ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ މެންޗެސްޓާ ސިޓީ ރަށުން ބޭރުގައި ނިކުންނާނީ ހަތަރުވަނަ ޑިވިޝަނުގެ ޗެލްޓެންހަމްއާ ދެކޮޅަށެވެ.

އެފްއޭކަޕްގެ ހަތަރުވަނަ ބުރުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މި ޖަނަވަރީ މަހުގެ 23-24 އަށެވެ.

އިނގިރޭސި އެފްއޭކަޕްގެ ހަތަރުވަނަ ބުރުގެ މެޗުތައް:

  • ޗެލްޓެންހަމް ޓައުން – މެންޗެސްޓާ ސިޓީ
  • ބޯންމައުތު – ކްރޯލީ ޓައުން
  • ސްވަންސީ ސިޓީ – ނޮޓިންހަމް ފޮރެސްޓް
  • މެންޗެސްޓާ ޔުނައިޓެޑް – ލިވަޕޫލް
  • ސައުތެމްޓަން / ޝްރޫސްބަރީ – އާސެނަލް
  • ކޯރްލީ – ވުލްވްސް
  • ބާންސްލީ – ނޯވިޗް ސިޓީ
  • މިލްވޯލް – ބްރިސްޓަލް ސިޓީ
  • ބްރައިޓަން – ބްލެކްޕޫލް
  • ވައިކޮމްބޭ – ޓޮޓެންހަމް ހޮޓްސްޕާ
  • ފުލަމް – ބާންލީ
  • ޝެފީލްޑް ޔުނައިޓެޑް – ޕްލައިމައުތު
  • ޗެލްސީ – ލޫޓަން
  • ވެސްޓް ހޭމް ޔުނައިޓެޑް – ޑޮންކަސްޓާ
  • ބްރެންޓްފޯޑް – ލެސްޓާ ސިޓީ
  • އެވަޓަން – ޝެފީލްޑް ވެނިސްޑޭ