English Edition
Dhivehi Edition

މި އަހަރުގެ ތެރޭގައި ސަރުކާރުން ރެކޯޑު އަދަދަކަށް އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގާފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވެއްޖެއެެވެ.

ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ހޫދު ވިދާޅުވީ 2019 ވަނަ އަހަރަކީ ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދިނުމުގައި ސަރުކާރަށް ކާމިޔާބު އަހަރެއް ކަމަށެވެ.” ނިމިގެން މިދާ އަހަރަކީ ރައްޔިތުންނަށް ރަނގަޅު ހިދުމަތްތަކެއް ކޮށްދެވުނު، އަދި ސަރުކާރަށް ކާމިޔާބު އަހަރެއް ” ހޫދު ވިދާޅުވިއެވެ. މި ގޮތުން މި ބައްދަލުވުމުގައި ހޫދު ވަނީ މި އަހަރު އެކިއެކި ދާއިރާތަކުން ، ސަރުކާރުން ހޯދި ކާމިޔާބީތަކާއި ބެހޭ ގޮތުން އަލިއަޅުވާލާފައެެވެ. އެގޮތުން އުމްރާނީ ތަރައްގީގެ މަސައްކަތްތަކަށް އެކަނި ބަލާލައިއިރު، 91 ރަށެއްގައި 118 މަޝްރޫއުގެ އަމަލީ މަސައްކަތް ހިނގަމުންދާ ކަމަށް ހޫދު ވިދާޅުވި އެވެ.

މީގެ ކުރީ އެއްވެސް ސަރުކާރަކުން ނުކުރާ ވަރުގެ ބޮޑު މަސައްކަތްތަކެއް، އަލަށް އިންތިހާބުވެގެން ފުރަތަމަ އަހަރު ތެރޭގައި މި ސަރުކާރުން ކޮށްފައިވާކަން ފާހަކުރަމުން ހޫދު ވިދާޅުވީ އެއީ މި ސަރުކާރުން ހަދާފައިވާ ރެކޯޑެއްކަމަށެވެ.

2020 ވަނަ އަހަރުގެ މަޝްރޫއުތަކާއި ބެހޭ ގޮތުން ވާހަކަދައްކަވަމުން ހޫދު ވިދާޅުވީ އަންނަ އަހަރަށް ސަރުކާރުން ކަނޑައަޅާފައިވާ ބެޖެޓަކީ ތައުލީމާއި ސިއްހަތާއި އުމްރާނީ ތަރައްގީއަށް އެންމެ ބޮޑު ހަރަދެއް ކުރާނެ ބަޖެޓު ކަމަށެވެ. އަދި އަންނަ އަހަރާ ކުރިމަތިލާނީ މި އަހަރު ކުރިމަތިލި ކަންކަމަށް ވުރެ ބޮޑެތި ކަންކަން ހާސިލު ކުރަން ކަމުގައި ހޫދު ވަނީ ވިދާޅުވެފައެވެ.