ޕީޕީއެމްގެ ކެމްޕެއިން ހަރަކާތްތައް ހިންގާ ތަނެއްގެ ގޮތުގައި ބޭނުން ކުރަމުން ގެންދިޔަ މުލިއާގެއިން ގިނަ އަދަދެއްގެ ސާމާނު ނެރެގެން ގެންގޮސްފިކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކަތަކެއް ކަަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އަލީ ވިދާޅުވެއްޖެއެވެ.
މުއާޒް ވިދާޅުވީ ވޯޓްގެ ނަތީޖާ އާއި އެއްގޮތައް ވެރިކަން ހަވާލު ކުރެއްވުމުގެ މިމަރުހަލާގައި މުލީއާގެ އިން ގެންދާ ބައެއް ތަކެއްޗަކީ ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ދިރިއުޅުއްވުމުގައި ބޭނުންފުޅު ކުރައްވާ ތަކެތި ކަމަށާއި އޭގެތެރޭގައި ޤާނޫނާއި ހިލާފު އެއްވެސް އެއްޗެއް ނުހުންނާނެ ކަމަށެވެ.
މުލިއާގެއިން ލޮރީތަކުގައި ތަކެތި ނެރެގެން ގެންދަން ފެށުމުން އެއީ ކޮންއެއްޗެއްތޯ ބެލުމަށް ބައެއް ރައްޔިތުން ލޮރީތައް ފަހަތުން ދާންފެށުމުން އެކި ތަންތަނުގައި މަޑުކުރަމުން ގޮސް އެތަކެއްޗާއިއެކު ލޮރީތައް ވައްދާފައިވަނީ ލިލީމަގުގައި ހުންނަ ރިޔާސީ ގަނޑުވަރުގެ މެއިންޓަނަންސް ގަރާޖަށެވެ.
އެތަނުގައި ލޮރީތައް ބަހައްޓާފައިވަނީ އޭގައި ހުރީ ކޯއްޗެއްކަން ނޭނގޭގޮތައް ފޮރުވުމަށް ފަހުގައެވެ. ނަމަވެސް ލޮރީތަކުގައި ހުރީ ކޮންޗެއްތޯ ބެލުމަށް ގިނަ އަދަދެއްގެ ރައްޔިތުން ލިލީމަގުގެ މުލިއާގެ މެއިންޓަނަސް ގަރާޖްގެ ސަރަހައްދަށް އެއްވެ އަޑުއުފުލާފައިވެއެވެ. އެއްވެފައިވާ މީހުން ޑިމާންޑު ކޮށްފައި ވަނީ ގަރާޖުތެރެއަށް ވެއްދި ސާމާނުތައް މީޑިއާ އަށް ދެއްކުމަށެވެ.