English Edition
Dhivehi Edition

އިލެކްޝަންސް ކޮމިޝަންގެ އިދާރާއަށް ޤަވާޢިދާ ޚިލާފަށް ބަޔަކު ވަދެ، އެތަނުގެ މުވައްޒަފުންނަށް ބިރުދައްކަމުންދާކަމަށް އެކޮމިޝަނުން ވިދާޅުވެއްޖެއެވެ. އިލެކްޝަަން ކޮމިޝަނުން ވިދާޅުވާ ގޮތުގައި އެކޮމިޝަންގެ އިދާރާއަށް ވަދެގެން އުޅެނީ އެމްޑީީޕީއަށް ނިސްބަތްވާ ބަޔަކާއި ޖުމްހޫރީ ޕާރޓީއަށް ނިސްބަތްވާ މީހުން ހިމެނޭ ގޮތަށް 7 މީހުން ކަމަށެވެ. އަދި ފުލުހުން އެތަނަށް ގޮސްފައިވާ ކަމަށްވެސް މަޢުލޫމާތު ލިބެއެވެ. މިއަދުގެ ވޯޓުލުން ކުރިއަށް ދިޔަގޮތާ ބެހޭގޮތުން އެމްޑީޕީން ބުނީ އިލެކްޝަންސް ކޮމިޝަނަށް ގިނަ ޝަކުވާ އެމްޑީޕީ އިން ހުށަހެޅިކަމަށާއި ނުރަނގަޅު ކަންކަން އެބަހުރިކަމަށެވެ. އެގޮތުން ބަންދުކޮށްފައި ހުރި ބައެއް ފޮށިތައް އަލުން ވަނީ ހުޅުވާފައި ކަމަށާއި ވޯޓުލާން ދިޔަ ބައެއް މީހުންގެ ނަން ނަމުގައި ވަނީ ވޯޓްލާފައިކަމަށްވާތީ މިކަންކަން ކޮމިޝަނަށް ހުށަހެޅިކަމަށެވެ.