APCAS gai Raajjein baiverivumah vazeerun lafaa dhevvaifi - AO News APCAS gai Raajjein baiverivumah vazeerun lafaa dhevvaifi

ކޮވިޑް 19ކަވަރޭޖް

6,852,818CONFIRMED
3,352,066RECOVERED
3,102,470ACTIVE
398,282DEATHS
1883CONFIRMED
717RECOVERED
1157ACTIVE
7DEATHS
 އެޕްކަސް”ގައި ރާއްޖެއިން ބައިވެރިވުމަށް ވަޒީރުން ލަފާދެއްވައިފި”
5 މަސް ކުރިން

ރިވައިސްޑް ކިޔޯޓޯ ކޮންވެންޝަން (އާރު.ކޭ.ސީ)ގައި ސޮއިކުރުމާއި 1996 ވަނަ އަހަރު އުފެދިފައިވާ އޭޝިއާ އެންޑް ޕެސިފިކް ކޮމިޝަން އޮން އެގްރިކަލްޗަރަލް ސްޓެޓިސްޓިކްސް (އެޕްކަސް) ގައި ބައިވެރިވުމާއި ކޮންވެންޝަން އޮން އެލިމިނޭޝަން އޮފް އޯލް ފޯމްސް އޮފް ޑިސްކްރިމިނޭޝަން އެގެއިންސްޓް ވިމެން (ސީޑޯ) މުޢާހަދާގެ 16 ވަނަ މާއްދާއަށް ކޮށްފައިވާ ބައެއް އިއުތިރާޟްތައް ނެގުމަށް މަޖިލީހުން ލަފާދެއްވާފައިވާތީ އެކަމާމެދު މަޖިލީހުގެ ލަފާފުޅަކަށް ހުށައެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.

Advt

Advertisement

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް މި ނިންމެވީ އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް އާއި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.
ރިވައިސްޑް ކިޔޯޓޯ ކޮންވެންޝަން (އާރު.ކޭ.ސީ) ނުވަތަ “ދަ އިންޓަރނޭޝަނަލް ކޮންވެންޝަން އޮން ސިމްޕްލިފިކޭޝަން އެންޑް ހާމަނައިޒޭޝަން އޮފް ކަސްޓަމްސް ޕްރޮސީޖާރސް” މުޢާހަދާ އަކީ ވޯލްޑް ކަސްޓަމްސް އޯގަނައިޒޭޝަން ( ޑަބްލިއުސީއޯ)ގެ މުޢާހަދާއެކެވެ. އާރު.ކޭ.ސީ. އަކީ ކަސްޓަމުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ މައިގަނޑު އަސާސްތަކާއި ސްޓޭންޑަރޑްތައް ބަޔާންކުރާ ޑަބްލިއުސީއޯގެ މުޢާހަދާއެކެވެ. އާރުކޭސީގެ މަޤްޞަދަކީ، ދޭދޭ ޤައުމުތަކުގެ ކަސްޓަމްސްތަކުގެ އުސޫލުތަކާއި މިންގަނޑުތައް ވީހާވެސް އެއްގޮތްކޮށް، ލުއިފަސޭހަކޮށް، ކަސްޓަމްސްގެ ކޮންޓްރޯލް ހަރުދަނާކުރެވޭނެ ގޮތުގެ މަތިން ވިޔަފާރިއަށް ވީހާވެސް ބޮޑަށް ލުއިފަސޭހަކޮށްދިނުމެވެ.

އޭޝިއާ އެންޑް ޕެސިފިކް ކޮމިޝަން އޮން އެގްރިކަލްޗަރަލް ސްޓެޓިސްޓިކްސް (އެޕްކަސް) ކޮމިޝަން އުފެއްދުމުގެ މަޤްޞަދަކީ އޭޝިއާ ޕެސިފިކް ސަރަޙައްދުގެ ޤައުމުތަކުގެ ދަނޑުވެރިކަމުގެ ދާއިރާގެ ތަފާސް ހިސާބުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތް ކުރިޔަށްގެންދަވާ އިސް ފަރާތްތައް އެއްމާހައުލަކުން ބައްދަލުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމެވެ. މި ގޮތުން މި ސަރަޙައްދުގެ ކާނާއާއި ދަނޑުވެރިކަމުގެ ތަފާސްހިސާބުގެ ޙާލަތު ވަޒަންކުރުމުގެ ގޮތުން ތަފާސް ހިސާބުގެ ނިޒާމު ހަރުދަނާކުރުމަށް ޤައުމުތަކުން ހޯދާފައިވާ ކުރިއެރުންތައް ކަމާބެހޭ ފުޑް އެންޑް އެގްރިކަލްޗަރ އޮގަނައިޒޭޝަން( އެފް.އޭ.އޯ)ގެ ފަންނީ ބޭފުޅުންނާ ޙިއްޞާކުރުމަށް ކޮންމެ ދެ އަހަރަކުން އެއްއަހަރު އެ ކޮމިޝަނުގެ ބައްދަލުވުންތައް ދަނީ ބާއްވަމުންނެވެ.
ކޮންވެންޝަން އޮން އެލިމިނޭޝަން އޮފް އޯލް ފޯމްސް އޮފް ޑިސްކްރިމިނޭޝަން އެގެއިންސްޓް ވިމެން (ސީޑޯ) މުޢާހަދާގެ 16 ވަނަ މާއްދާއަށް ކޮށްފައިވާ ބައެއް އިއުތިރާޟްތައް ނެގުމަށްވެސް މިއަދު ވޭއްވި ވަޒީރުންފެ މަޖިލީހުން ލަފާދެއްވާފައިވެއެވެ. އެގޮތުން ސީޑޯގެ 16ވަނަ މާއްދާގެ 1ގެ (ބީ)،(އީ)، (ޖީ)، (އެޗް) އަދި އެ މާއްދާގެ 2 ވަނަ ނަމްބަރަށް ދިވެހި ދަޢުލަތުން ކޮށްފައިވާ އިޢުތިރާޟު ނެގުމަށް ވަޒީރުންގެ މަޖިލީހުން ލަފާދެއްވާފައިވެއެވެ.
ސީޑޯ މުޢާހަދާ އެކުލެވިގެން ވަނީ ތައުލީމު ޙާޞިލުކުރުމުގައާއި، ޞިއްޙީ ފަރުވާ ހޯދުމުގައާއި،ވަޒީފާއާ އާމްދަނީ ހޯދުމުގައާއި، ސިޔާސީ ކަންކަމުގައި ބައިވެރިވުމުގައާއި، މަދަނީ ޙައްޤުތައް ލިބިދިނުމުގައި ޢާއިލާއާ ގުޅުންހުރި އެކިކަންކަމުގައި އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި އަންހެނުންނާމެދު ކުރެވޭ ތަފާތުތައް ނައްތާލުމުގެ މައްޗަށެވެ.