English Edition
Dhivehi Edition
އާ ސަރުކާރުގެ ވަޒީރުންގެ މަޖިލީސް ހުވާ ކުރައްވަނީ -- ފޮޓޯ/ ރައީސް އޮފީސް

ރައްޔިތުންނަށް އެކި ކަންކަމާ ގުޅޭ ގޮތުން ވަޒީރުންނާ ސުވާލުކުރުމުގެ ފުރުސަތު ދިނުމަށް ކުރިއަށް ގެންދާ އާންމުންނާ ވަޒީރުންގެ ފުރަތަމަ ބައްދަލުވުން މިރޭ ބާއްވަން ނިންމައިފިއެވެ.

‘އަހާ’ގެ ނަމުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ބައްދަލުވުން އޮންނާނީ ސަލްޓަންޕާކުގައި މިރޭ 8:30 ގައެވެ.

ދެ ގަޑިއިރަށް ކުރިއަށް ގެންދާ މި ފޯރަމްގައި މިރޭ ބައިވެރިވެ ވަޑައިގަންނަވާ ވަޒީރުންނަކީ

  • އިސްލާމީ މިނިސްޓަރު – ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
  • އިކޮނޮމިކް މިނިސްޓަރު – މުހައްމަދު ސައީދު
  • ޖެންޑާ މިނިސްޓަރު – އައިޝަތު ޝިހާމް
  • ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު – ޑރ. އަބްދުﷲ މުއްތަލިބު
  • ސްޕޯޓްސް މިނިސްޓަރު – އަބްދުﷲ ރާފިއު ފޯރަމްގައި ބައިވެރިވެ ސުވާލުކުރުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލާފައިވާއިރު، ފޯރަމް އޮންނަ ތަނަށް ގޮސް ސުވާލުކުރުމުގެ ފުރުސަތުވެސް އޮންނާނެއެވެ. ގެއިތުރުން ފޯނުން ގުޅައިގެންނާ އެސްއެމްއެސް މެދުވެރިކޮށް އަދި ސޯޝަލް މީޑިއާ މެދުވެރިކޮށްވެސް ސުވާލު ފޮނުވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.