English Edition
Dhivehi Edition

ތައިލޭންޑްގެ ބެންކޮކްގައި ދިވެހިން ދަތުރުކުރަމުން ދިޔަ ކާރެއް ފުރޮޅާލައި އޭގެން ދަތުރު ކުރި ތިން ދިވެހީންނަށް އަނިޔާވެ އޭގެ ތެރެއިން އެކަކު އައިސީޔޫ ގައި އެޑްމިޓްކޮށްފައިވާ ކަމުގެ މަޢުލޫމާތުތައް ލިބެމުން އެބަދެއެވެ.

ބެންކޮކް ގަޑިން ރޭ ދަންވަރު 3 ޖަހާ އެހާކަށްހާއިރު ހިނގި މި ޙާދިސާގައި ކާރު ދުއްވަން އިން ޑްރައިވަރު އެގައުމުގެ ފުލުހުން ވަނީ ހައްޔަރު ކޮށްފައެވެ.

ހާދިސާ ގައި އަނިޔާވި ތިން މީހުންނަކީ، ސ. ހުޅުދޫ ވައިޖެހޭގެެ، އުމުރުން 44 އަހަރުގެ އަހްމަދު ސައީދުއާއި މުހައްމަދު ސަބާހުގެ އިތުރުން ކ. މާލެ އަހުމަދު ރަޝީދު ކިޔާ މީހެކެވެ.މި ތިން މީހުންގެ ތެރެއިން އައިސީޔޫގައި އެޑްމިޓް ކޮށްފައިވަނީ އަހުމަދު ސައީދު އެވެ.

ކާރުގައި ތިބި ތިން މީހުންނަށް ވެސް އެކި ވަރުގެ އަނިޔާ ލިބިފައިވާއިރު އޭގެ ތެރެއިން އައިސީޔޫގައި އޮތް އަޙްމަދު ސަޢީދުގެ ޙާލު ސީރިއަސް ކަމަށް ޢާއިލާއިން ވާހަކަދެއްކި މީހަކު ބުނެފައިވެއެވެ.

ތައިލެންޑްގައި ހުންނަ ރާއްޖޭގެ އެމްބަސީއިން އަނިޔާވި ޢާއިލާއަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް އެއެމްބަސީއިން ވަނީ ވިދާޅުވެފައެވެ.